މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ޒުވާނުންގެ ބޮޑުބެރު ގްރޫޕެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
ޔޫތު މިނިސްޓްރީއިން މިއަދު ވިދާޅުވީ، ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށާއި، ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ބޮޑުބެރު ޖެހުމަށް ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގުމަށް އެ މިނިސްޓްރީއިން ނިންމާފައިވާ ކަމަށެވެ.
މިޕްރޮގްރާމްގެ ތެރެއިން ހޮވާލެވޭ ޒުވާނުން ހިމަނައިގެން ނެޝަނަލް ޔޫތު ސެންޓަރގެ ބޮޑުބެރު ގްރޫޕެއް އުފެއްދުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.
އެހެންކަމުން، ޢުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންގެ ތެރެއިން ބޮޑުބެރު ޖަހަން ޝައުޤުވެރިވާ ފަރާތްތަކަށް، މިޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު އެހުޅުވާލާފައިވާ ކަމަށް ވެސް ޔޫތު މިނިސްޓްރީއިން ވިދާޅުވެއެވެ.
މިޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއިއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހިމެނޭހެން އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވައިވާ ސުންގަޑިއަކީ 15 އެޕްރީލް 2021 ވަނަ ދުވަހުގެ 14:00އެވެ.
މި އެޕްލިކޭޝަން ފޯމު ލިބެންހުންނާނީ https://forms.gle/zUjf3mj2hRat4Sib6 މިލިންކުންނާއި މާލޭ ސޯޝަލް ސެންޓަރުގެ ކައުންޓަރުން ކަމަށް ޔޫތު މިނިސްޓްރީއިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!