އީކޯ އޯގަނައިޒޭޝަން އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މިއުނިކްގެ ޓެކްނިކަލް ޔުނިވާސިޓީއިން އުފަންވެފައިވާ ސްޓާޓަޕެއް ކަމުގައިވާ ރޮބޯއީއާއެކު ޕާޓްނަޝިޕެއްގާއިމުކޮށް، ރޮބޯޓިކް ޓެލެޕްރެސެންސް އިވެންޓެއް ބާއްވައިފިއެވެ.
ވީއާރް ކެފޭގައި މިއަދު ބޭއްވި އެ އިވެންޓުގައި ގިޔާސުއްދީން އިންޓަނޭޝަނަލް އަދި ބިލަބޮންގް ހައިސްކޫލްގެ ރޮބޯޓިކްސް ދަރިވަރުންތަކެއް ވަނީ އުރީދޫ 5ޖީއެއާފައިބާގެ އެހީގައި ރޮބޯއީ މެދުވެރިކޮށް ޓެލެޕޯޓްވުމުގެ ތަޖުރިބާކޮށްފައެވެ. އަދި އެ އިވެންޓްގައި އުރީދޫ 5ޖީ އެއާފައިބާ މެދުވެރިކޮށް ދަރިވަރުންތަކަކަށް ޖަރުމަަނުގައިވާރޮބޮޓެއް ކޮންޓްރޯލް ކުރުމުގެ ތަޖުރިބާ ކުރެވޭ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ރޮބޯއީއަކީ އިންސާނީ ސިފަތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރޮބޮޓެކެވެ. ކުރިއަރާފައިވާ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ރޮބޯއީ ވަނީ އިންސާނެއްގެގުނަވަންތައް ހަރަކާތްކުރާ ގޮތްވެސް ދަސްކޮށްފައެވެ.
ރޮބޯއީ 3.0ގެ ޓެލެޕޯޓްވުމުގެ ހިދުމަތް މެދުވެރިކޮށް، ވަގުތުން އެހެން ތަނަކު ހުރުމުގެ ތަޖުރިބާ އާއި ފައިދާތަކުގެ އިތުރުން އެއް މުޖުތަމައު އާއި އަނެއް މުޖުތަމައުއާއިއޮންނަ ގުޅުން ވަރުގަދަކޮށްދެއެވެ. އަދި ކުރިއަށް އޮތްތަނުގައި މި ހިދުމަތަށް އަންނަ ކުރިއެރުމާއެކު ދެމެހެއްޓެނިވި ގުޅިފައިވާ މުޖުތަމައުތަކެއް ބިނާކުރުމުގެއުންމީދުވެސް އާލާވެގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.
އެ އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ދަރިވަރުންނަށް ވަނީ 5ޖީގެ ވަރުގަދަ ނެޓްވޯކާއެކު ރޮބޯޓިކްސް، އާޓިފިޝަލް އިންޓެލިޖެންސް އަދި އިންޓަނެޓް އޮފްތިންގްސްގެ ހައިބަތާއި އެ ހިދުމަތްތަކުގެ ސަބަބުން ހުޅުވިގެންދާނެ ފުރުސަތުތަކައް ވެސް ދައްކާލައިފައެވެ.
"ރޮބޯޓިކްސް އިންޑަސްޓްރީގެ ސަބަބުން ސިއްހީ އިދާރާ، ލޮޖިސްޓިކްސް، އެޑިއުކޭޝަން، އެގްރިކަލްޗަރ އަދި މިނޫންވެސް އެތައް ދައިރާތަކަކަށް އިންގިލާބީބަދަލުތަކެއް ކުރިއަށް އޮތްތަނުގައި ފެނިގެންދާނެ." އުރީދޫގެ މެނޭޖިންގް ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، ނަޖީބް ހާން ވިދާޅުވިއެވެ.
އީކޯ އޯގަނައިޒޭޝަންގެ ފައުންޑާ އަދި ޕްރެޒިޑަންޓް، ހިލާލް އަގީލް ވިދާޅުވީ އީޖާދީ އައު ކަންކަން ކައިރި މުސްތަގުބަލެއްގައި ފެނިގެންދާނެ ކަމަށެވެ. މި އޯގަނައިޒޭޝަންއަކީ އީޖާދީ ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ކުރިމަގެއް ގާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ރާއްޖޭގެ ނޮން ޕްރޮފިޓް އޯގަނައިޒޭޝަނެކެވެ.
ރޮބޯއީގެ ޖެނެރަލް މެނޭޖަރު އަދި ލީގަލް ގާޑިއަން ރަފައެލް ހޮސްޓެޓްލާ ވިދާޅުވީ ރޮބޯއީ ޖޫނިއާއެއް ރާއްޖެއަށް ގެނެސް، އެ ހިދުމަތް ތަޖުރިބާކޮށްލުމުގެ ފުރުސަތުހުޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ހިދުމަތާއެކު މޫސުމަށް އަންނަ ބަދަލުތަކާއެކު ދުނިޔޭގެ ނާޒުކު ތިމާވެށިތަކަށް ކުރަމުން އަންނަ ނޭދެވޭއަސަރުތަކުގެ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޓެލެޕްރެސެންސް ރޮބޯޓިކްސް ހިދުމަތް މެދުވެރިކޮށް މިހާރުވެސް އިޖާދީ އުފެއްދުންތަކާއެކު އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ ދަތުރު ވަނީ ފަށައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!