އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރަށް ކިޔަންވީ "ކެމްޕޭނު ބަނދަރު" ކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން އަރީފް ވިދާޅުވެއްޖެއެވެ.

ހުސެއިން އަރީފް މިހެން ވިދާޅުވީ، "އިހަވަންދިއްޕޮޅުގެ މަޝްރޫޢުގެ ސަބަބުން އުތުރަށް އަންނާނީ ކޮން ބަދަލެއް؟" މިސުރުހީގެ ދަށުން ތިލަދުން ްއިން ގެނެސްދީފައިވާ ރިޕޯޓަކައް ޓުވިޓަރ މެދުވެރިކޮށް ރައްދުދެއްވަމުންނެވެ.

Ad
rt

ހުސެއިން އަރީފް އިތުރަށް ވިދާޅުވެފައިވަނީ، އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރަކީ ބޮޑު ތިލަންދުންމަތީ ރައްޔިތުންގެ ވޯޓު ބަނޑު އަޅާލަން ސަރުކާރު ތަކުން ބޭނުން ކުރާ ކެމްޕޭން ޓޫލް އެއްކަމަށެވެ.

ބޮޑުތިލަންދުންމަތީގެ ރައްޔިތުން ތިޔަ އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރަށް ކިޔާން އެންމެ ފައްކާ ނަމަކީ، ކެމްޕޭނު ބަނދަރު.

ހުސައިން އަރީފް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހުސައިން އަރީފް ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ބޮޑުތިލަންދުންމަތީގެ ރައްޔިތުންނަށް ޚާއްސަ ކޮށްގެން އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރަކާއި އިތުރު ޚިދުމަތްތަކެއް ޤާއިމުކުރާ ވާހަކަ ދައްކަމުން ދާކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނީ ވެސް ބަޔަކާ ޙަވާލު ނުކޮށް. ތިޔައީ އަޅުވާ އަނދުނެއް!

ހިތްހަމަ ނުޖެހުން ފާޅުކުރަމުން ހުސައިން އަރީފް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް (ޕޯޓް) ހަދަން ބަޔަކު ހޯދަން އިކޮނޮމިން މިނިސްޓްރީން އިއުލާންކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ.