ކޯވިޑް19ގެ ކޭސްތަކެއް ހއ. ބާރަށުން ފެނުމާއި ގުޅިގެން އެރަށް ދިމާވި ދަތި ދަނޑިވަޅުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. (އެސް.ޓީ.އޯ) އާއި އިތުރު ކުންފުނި ތަކަކުން އެރަށަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެގޮތުން އެސް.ޓީ.އޯ ގެ ސީއެސްއާރގެ ދަށުން ބާރަށު ރައްޔިތުންނަށް ވަނީ، 100 ބަސްތާ ހަނޑޫ، 100 ބަސްތާ ގޮދަން ފުއް، 100 ބަސްތާ ހަކުރު، 18 ލީޓަރުގެ 50 ކައްކާ ތެޔޮ ހަން ހަދިޔާކޮށްފަ އެވެ.
އެސްޓީއޯގެ އިތުރުން ބާރަށު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީލް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާއި އެންސިސް އިންނެވެ.
އެގޮތުން މިފްކޯ އިން ވަނީ 40 ކޭސް މަސްދަލު ހަދިޔާކޮއްފައެވެ. އެންސިސް އިންވަނީ100 ކޭސް މަޅު ހަދިޔާ ކޮށްފަ އެވެ.
ހއ. ބާރަށަށް ދިމާވި މި ދަތި ދަނޑިވަޅުގައި ބާރަށު ރައްޔިތުންނައް މިއަދުވަނީ އެސް.ޓީ.އޯ ގެ ސީއެސްއާރގެ ދަށުން 100 ބަސްތާ...
Posted by Ahmed Mauroof on Friday, March 19, 2021
މިއެހީތެރިކަން ބާރަށަށް ހޯއްދަވައިދެއްވުމުގައި މިނިސްޓަރ މުޙައްމަދު ޝިފާޒްގެ އެޙީތެރިކަން ވަނީ ލިބިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!