ބާރަށުން ކޯވިޑް19 އަށް ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން 13 މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 23 މީހުންނެވެ.

Ad
rt

ބާރަށުން އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން ރަށުތެރެއިން ބައްދަލުވެފައި ވުމުން، މާރިޗް 2 ވަނަ ދުވަހު 6 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 4 ސާމްޕަލެއް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ބާރަށުން ޖުމްލަ 36 މީހަކު މިހާތަނަށް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެންމެ ފަހުން އެރަށުން މީހަކު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މިހާތަނަށް އެރަށުން 766 ފަރާތެއްގެ ސާމްޕަލް ނަގާފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއަދު ރާއްޖެއިންވަނީ އިތުރު 142 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މިއާއެކު މިހާތަނަށް ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުމިވަނީ 21،961 އަށް އަރާފައެވެ.

އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި 142 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 112 މީހުންނާއި އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 11 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 19 މީހުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 177 މީހުންނެވެ. މިއާއެކު މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 19519 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2371މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 118 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން 64 މީހުންވަނީ ނިޔާވެފައެވެ. އެއީ 56 ދިވެހިންނާއި 8 ބިދޭސީންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،777 ސާމްޕަލް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިހާރު ވަނީ 589،866 އަރާފައެވެ.