ދެ މީހެއްގެ ވާހަކަތަކަށް ބީރުކަންފަތް ދޭންވާނެކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
ސެއިޚް ވިދާޅުވީ، ދެ މީހެއްގެ ވާހަކަތަކަށް ބީރުކަންފަތް ދޭންވާނެ ކަމަށެވެ. އެއީ އަބަދުވެސް ދީނާ ދެކޮޅަށް ބަސްބުނާ މީހާގެ ވާހަކަ ތަކަށާއި، ދީނުގެ ޙުކުމްތައް އޮޅުވާލަން މަސައްކަތްކުރާ މީހާގެ ވާހަކަ ތަކަށް ކަމަށެވެ.
''އެފަދަ މީހުންގެ ކިބައިން ދިވެހި ޤައުމު ސަލާމަތް ކުރަށްވާށި!'' ސެއިޚް އިބްރާޙީމް ރަޝީދު ވިދާޅުވިއެވެ.
ސެއިޚް އިބްރާޙީމް ރަޝީދު މިނަސޭހަތް ދެއްވާފައިވާއިރު، ފަހަކަށް އައިސް ރާއްޖޭގައި ދަނީ އިސްލާމީ ޝިއާރުތަކާއި ދެކޮޅަށް ބައެއް މީހުން ފާޅުގައި ދެކޮޅު ހަދައި ވާހަކަ ދައްކަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!