ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި މެގްނެޓިކް ރެސޮނެންސް އިމޭޖިން (އެމްއާރުއައި)ގެ ހިދުމަތް ރަސްމީކޮން ފަށައިފި އެވެ.
ނޮދަން އޮފީސް ކޮމްޕްލެކްސްގެ ހޯލުގައި މިއަދު ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތުގައި މި ހިދުމަތް ފައްޓަވާދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށީ ދެކުނުދާއިރާގެ މަޖިލިސް މެންބަރު ޔާސިރު ުއަބްދުލް ލަތީފްގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
މިއީ މާލެ ފިޔަވާ އަތޮޅު އަތޮޅުތެރޭގައި މި ހިދުމަތް ފެށި 2 ވަނަ ހޮސްޕިޓަލެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) ގައި އެމްއާރުއައި މެޝިން ބަހައްޓައި ޓެސްޓް ކުރުމުގެ މަރުހަލާ ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަސްތެރޭގަ އެވެ.
Live: Huge step in the history of Kulhudhuffushi Regional Hospital, as Minister of State for Health, Mr. Ahmed Adil Inaugurates Magnetic resonance imaging (MRI) service in Kulhudhuffushi @ibusolih @KerafaNaseem @MoHmv @igmhmv @YasirLathyf @jamsheedmuhamed @davidfols pic.twitter.com/dosGWxnBFu
— Kulhudhuffushi Regional Hospital (@KRHmv) March 15, 2021
އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން އެމްއާރުއައި މެޝިނެއް ކޭއާރުއެޗްއަށް ގެނެސްފައިވަނީ 2020 ވަނަ އަހަރުގެ މާރޗު މަހުގެ 19 ވަނަ ދުވަހު އެވެ. މިމެޝިން ގެނެސްފައިވަނީ ހެލްތު މިނިސްޓުރީގެ ފަރާތުން އެސްޓީއޯ މެދުވެރިކޮންނެވެ. ހެލްތު މިނިސްޓުރީއާއި ގުޅިގެން އެސްޓީއޯއިން އަންނަނީ ރީޖަނަލް ހޮސްޕިޓަލުތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
After the ceremony held to inaugurate the MRI Service at KRH, Chief Guest, Minister of State for Health, Mr. Ahmed Adil along with IGMH CEO, Mr. Ibrahim Saleem, MP KFC North Consituent @YasirLathyf and attendees pays a visit to MRI Room, Radiology Dept at KRH @ibusolih @MoHmv pic.twitter.com/EFyTzV9A9w
— Kulhudhuffushi Regional Hospital (@KRHmv) March 15, 2021
ކޭއާރުއެޗްއަކީ އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ތެރެއިން އެންމެ ގިނަ ރައްޔިތުން ހިިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ. މި ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް ނިންމާ އެމަސައްކަތް އަންނަނީ ސަރުކާރުން ކުރައްވަމުންނެވެ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ވެގެންދިއުމުން އުތުރުގެ ސިއްޙީ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!