އަންނަ މަހު 10 ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް، ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތަށް ގެނައި އިސްލާހު އުވާލަން އެޗްޕީއޭއިން ނިންމައިފިއެވެ.
އެޗްޕީއޭ މިރޭ ކުރި ޓުވިޓެއްގައި ބުނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިޞްލާޙް އުވާލަން ނިންމާފައިވާ ކަމަށެވެ.
އެ އުސޫލުގެ 12 ވަނަ މާއްދާ އަށް އިސްލާހު ގެނެސް އެކަން އެޗްޕީއޭ އިން ރޭ އާންމު ކުރުމާއެކު އާންމުންނާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެގެން ގޮސްފައެވެ.
ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިޞްލާޙް އުވާލަން ނިންމައިފީމެވެ.
— Health Protection Agency (@HPA_MV) March 12, 2021
އެ އިސްލާހު އުވާލުމުން ކެމްޕެއިނު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ނަމަ ކަރަންޓީން ކުރުމާއި ކަރަންޓީން ކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލާ އެއްގޮތަށް އަމަލުކުރަންޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!