އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް ށ. މާއުނގޫދޫއަށް ތާއަފުކޮށްފިއެވެ.

މިއާއެކު މިހާރު އެ ރަށަށް 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުގައި އިންޓަނެޓް ލިބޭނެކަމަށް އުރީދޫ އިން ބުންޏެވެ. ހައި ސްޕީޑުގެ އިތުރުން ބޮޑެތިއެލަވަންސްތައް ލިބޭ ޕެކޭޖްތައްވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

މީގެ އިތުރުން މާއުނގޫދޫ އިން ސުޕަނެޓް ހިދުމަތް ހޯދާ ފުރަތަމަ 20 ކަސްޓަމަރުންނަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބޭނެއެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ރާއްޖޭގެ އިތުރު ރަށަކަށް ހައި ސްޕީޑުގެ އިންޓަނެޓް ފޯރުކޮށްދެވުމަކީ ކުންފުންޏަށް ލިބުނުވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މީގެ ސަބަބުން މާއުނގޫދޫ ރައްޔިތުންނަށް އިންޓަނެޓް ހިދުމަތް ހޯދަން އިތުރު ލުއިފަސޭހަތަކެއް ވާނެ ކަމަށް އޭނާވިދާޅުވިއެވެ.

ކުރިއަށް އޮތްތާނގައި ރާއްޖޭގެ އިތުރު ރަށްރަށްރަށްވެސް މި ހިދުމަތް ފުޅާ ކުރުމަށް އުރީދޫ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އުރީދޫ އިން ވަނީ ފެންވަރު ރަނގަޅު، އަގުހެޔޮ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މިއާއެކުސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ ލިބޭނެ އެވެ.

މި ހިދުމަތް އުރީދޫގެ ވެބްސައިޓު http://ore.do/getsupernet އިން ލިބޭނެއެވެ.