ކޯވިޑް-19 ވެކްސިން (ކޮވިޝީލްޑް) ޖެހިފަހުން އުމުރުން 45 މީހަކު މިއަދު ނިޔާވެއްޖެއެވެ.
އެމީހާއަކީ އއ. މާޅޮހަށް އުފަން މީހެކެވެ. އެމީހާ ވެކްސިން ޖަހާފައި ވަނީ އިއްޔެއެވެ. އެމީހާ ނިޔާވީ މިއަދު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، އެމީހާ މަސްވެރިކަމުގައި އުޅެނިކޮށް ހާލު ދެރަވެގެން ކ. ހިންމަފުށީ ސިއްހީ މަރުކަޒަށް ގެނެވުނީ މިއަދު ހެނދުނު ކަމަށާއި، އަދި 9:13 ގައި އެމީހާ ނިޔާވެފައި ވަކަމަށެވެ.
އޭނާ ވެކްސިން ޖަހާފައި ވަނީ އިއްޔެ، އޭނާގެ ރަށް މާޅޮހުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި އެމީހާ މަރުވި ސަބަބު ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.
"މަރު އަދި އެހެނިހެން ސީރިއަސް ކަންކަމަކީ ވެކްސިނާ ގުޅުންހުރި ކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެއް"- އެޗްޕީއޭ އިންވިދާޅުވެފަ ވެއެވެ.
We are saddened to confirm that a 45-year old man on a fishing vessel who was unwell and brought unresponsive to Himmafushi Health Centre, has passed away today at 9:13am. He was from AA. Malhos.
He was administered the Covishield vaccine on 8th March in AA. Malhos.
(1/2)— Health Protection Agency (@HPA_MV) March 9, 2021
މިދިޔަ މަހު ގދ. ގައްދޫއިން ވެކްސިން ޖެހި އުމުރުން ދުވަސް ވީ ދެމަފިރިޔަކު ވެސް ވަނީ ނިޔާވެފައެވެ. އެ މައްސަލައެއްވެސް ތަހުގީގު ކުރަމުން އަންނަކަމަށް އެޗްޕީއޭއިން ހާމަކުރަށްވާފައި ވީނަމަވެސް އަދި މިހާތަނަށް އެ ތަހުގީގު މައުލޫމާތެއް ހާމައެއް ނުކުރައްވައެވެ. އެ ދެމަފިރިންނަކީ، ގިނަ ދުވަސްތަކެއް ވަންދެން ބަލި އެނދުގައި އޮތް ދެމަފިރިންނެވެ.
ރާއްޖޭގައި މިހާތަނަށް ދެމުން ދަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިން ރާއްޖޭގައި ދޭން ފެށީ ހުސްވި ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ރާއްޖެއިން މިހާތަނަށް 157،813 މީހުން ވަނީ އެ ވެކްސިން ޖަހާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!