ދިގުމުއްދަތަކަށް ސިފައިންގެއަށް ޚިދުމަތް ކުރެއްވި، ގ. ގުޑްލައިފް/މާލެ، ރިޓަޔާޑް އަބުދުއްލަތީފް ހަސަން ނިޔާވެއްޖެއެވެ.

އަބުދުއްލަތީފް ވަނީ ދިގުމުއްދަތަކަށް ސިފައިންގެ ބޭކަލެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމާއެކު، ދައުލަތަށް ސާޅީސް އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވައި، ދެ ޕެންޝަން ފުރިހަމަ ކުރަށްވާފައެވެ. ނިޔާވިއިރު އަބުދުއްލަތީފްގެ އުމުރަކީ 67 އަހަރެވެ.

Ad
rt

މައުލޫމާތު ލިބިފައިވާގޮތުގައި އަބުދުއްލަތީފްގެ ހާލުކޮޅު ގޯސްވީ ކުއްލި އަކަށެވެ. އޭނާ ނިޔާވުމުން ކުރި ޓެސްޓުން ކޯވިޑަށް ޕޮޒިޓިވް ވުމާއެކު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެއީ ކޯވީޑް މަރެއް ކަމަށް ކަނޑައަޅާފައެވެ. އެހެން ކަމުން މިއީ ރާއްޖޭގައި ކޯވިޑް ބަލީގައި ނިޔާވެ 63 ވަނަ މީހާއެވެ.

އެޗްޕީއޭއިން ވިދާޅުވީ، އޭނާގެ ހާލު ދެރަވެގެން އައިޖީއެމްއެޗްއަށް ގެންދިޔައީ މިއަދު ފަތިހު 5:30 ގައި ހާއިރު ކަމަށެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށް ހެނދުނު 6:00 ގައި ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

އަބުދުއްލަތީފްގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށްފަހު، ހުޅުމާލޭ ސަހަރާގައެވެ.