އަނދިރީގައި ދިއްލޭ ތިން ވައްތަރެއްގެ މިޔަރު ނިއުޒިލެންޑުން ފެނިއްޖެއެވެ.
މިއީ ދިއްލޭ މިޔަރުތަކެއް ދުނިޔެއިން ފެނުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން އަނދިރީގައި ދިއްލޭ އެހެން ބާވަތުގެ މަސްތައް ވަރަށް ގިނައިން ފެނިފައިވެއެވެ.
ނިއުޒިލެންޑުގެ މެރިން ސައިންސް ޖާނަލްގައި ބުނެފައިވާގޮތުގައި މި ތިން ބާވަތުގެ މިޔަރު ފެނިފައިވަނީ އެ ގައުމުގެ އިރުމަތީ ފަރާތު ކަނޑުންނެވެ. މި މިޔަރުތައްފެނިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
މި ތިން ބާވަތުގެ މިޔަރަށް މިހާރު ވަނީ ނަންވެސް ދީފައެވެ. އެއީ "ކައިޓް ފިން ޝާކް" އާއި "ބްލެކް ބެލީ ލެންޓާން ޝާކް" އާއި "ސަދާން ލެންޓާން ޝާކް" އެވެ.
މި ތިން މިޔަރަކީވެސް އިރުގެ އަލި ނުފޯރާ ހިސާބުގައި ދިރިއުޅޭ މިޔަރުތަކެކެވެ. އެގޮތުން މި މިޔަރުތައް ފެނިފައިވަނީ ކަނޑުގެ 200 އަދި 1000 މީޓަރު އަޑިން ކަމަށް މިޖާނަލްގައި ވަނީ ބުނެފައެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި މިޔަރުތައް ދިއްލެނީ އަނދިރީގައި ކާނާ ހޯދުމަށެވެ. އަދި މޫގެ ސަބަބުން އެހެން އެއްޗެހީގެ ކިބައިން ސަލާމަތްވެވޭނެކަމަށްވެސް ސައިންސްވެރިން ގަބޫލުކުރެއެވެ.

މި މިޔަރުތަކުގެ ތެރެއިން އެންމެ ބޮޑު މިޔަރަކީ ކައިޓް ފިން ޝާކެވެ. މި މިޔަރު ހަ ފޫޓަށް ބޮޑު ވާނެއެވެ. އެހެންކަމުން މިއީ މިހާރު ދުނިޔޭގައި މިހާތަނަށް ފެނުނު އެންމެބޮޑު ދިއްލޭ މަހެވެ.

މި މިޔަރު ކައި އުޅެނީ ޅަ މިޔަރާއި އެހެނިހެން މަސްމަހެވެ. މި މިޔަރު ފެނިފައިވަނީ 300 މީޓަރު އަޑިން ކަމަށް ނިއުޒިލެންޑުގެ ޖާނަލްގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!