ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މިމަހު ފަށާ ވޮލީ މުބާރާތުގައި ބައިވެރިވާ އެއަތޮޅު ނޭކުރެންދޫ ފިރިހެން ވޮލީ ޓީމާއި، ރައްޔިތުންގެ މަޖިލިސްގައި ކުމުންދޫ ތަމްސީލްކުރާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ބައްދަލުކުރަށްވައިފިއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު މެންބަރު ރާޢީ ވަނީ އެ މުބާރާތުގައި ވާދަ ކުރާ ކުމުންދޫ ކަނބަލުންގެ ވޮލީ ޓީމާއި ވެސް ބައްދަލު ކުރަށްވާފަ އެވެ.
ނޭކުރެންދޫ ފިރިހެން ވޮލީ ޓީމާއިއެކު އޮންލައިންކޮށް ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި މެންބަރު ރާޢީ ވަނީ އެ ޓީމްގެ މެންބަރުންނަށް ހިތްވަރުދެއްވައި ވާހަކަ ދައްކަވާފައެވެ.
''ނޭކުރަންދޫ ކައުންސިލް އިންވަނީ ފެށޭ މަހު އަތޮޅު ކައުންސިލް އިން ބާއްވާ ވޮލީ މުބާރާތުގައި ރަށު ފިރިހެން ޓީމް އާއި އެކު ބައިވެރި ވެފައެވެ. މިއަދު ވަނީ ޓީމާއި ކައުންސިލާއި އެކު އަޅުގަނޑާއި ބައްދަލު ކޮށްފައެވެ، އުއްމީދަކީ އިންޝާﷲ ފުރިހަމަ ކާމިޔާބީއެވެ.'' އެ ބައްދަލުވުމަށްފަހު ރާޢީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފަ ވެއެވެ.
ހދ. އަތޮޅު ކައުންސިލުން އިންތިޒާންކޮގެން އެ އަތޮޅުގެ ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ ވޮލީ މުބާރާތް ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ 08 މާރިޗު 2021 އިން ފެށިގެން ހދ. ނޮޅިވަރަންފަރުގައެވެ.
މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެއީ ފިރިހެން 6 ޓީމް އަދި އަންހެން 7 ޓީމެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ހިރިމަރަދޫ ހިރިޒިލް، ހަނިމާދޫ ސާއްބާ އެކުވެރި ކުލަބް، ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް، ޓީމް ކުޅުދުއްފުށި، ނޭކުރެންދޫ ވޮލީ ޓީމް އަދި ވައިކަރަދޫ ވޮލީ ޓީމެވެ.
މި މުބާރާތުގައި ބައިވެރި ވެފައިވާ އަންހެން ޓީމްތަކަކީ ހިރިމަރަދޫ ހިރިޒިލް، ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ، ނޮޅިވަރަންފަރު ލައިކަން، ޓީމް ނައިވާދޫ، ޓީމް ނޮޅިވަރަން، ޓީމް ކުޅުދުއްފުށި އަދި ކުމުންދޫ ސްޕޯޓްސް ކުލަބެވެ.
ނޭކުރެންދޫ ފިރިހެން ވޮލީ ޓީމާ ރާޢީ ބައްދަލު ކުރެއްވިއިރު، އޭނާ އަކީ ދާއިރާގެ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާ މެންބަރެއް ގޮތުގައި ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!