ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލް އޮޓޮމޭޓްކުރެވި ހިތުމަތްތައް ރައްޔިތުން ގާތަށް ގެނެސްދެވޭނެ: އާތިފް

photo_2021-02-26_17-21-22

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކްޕާޓީ (އެމްޑީޕީ)ގެ ކައުންސިލެއް އިންތިހާބުވެއްޖެނަމަ، ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލް އޮޓޮމޭޓްކުރެވި ހިތުމަތްތައް ރައްޔިތުން ގާތަށް ގެނެސްދެވޭނެ ކަމަށް އެ ޕާޓީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލައްފައިވާ ކެނޑިޑޭޓް މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ރަށްވެހި ފަތިސް ކެމްޕޭން ރީ ލޯންޗިންގ ޖަލްސާގައި އާތިފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ 2010 ވަނަ އަހަރު އެމް.ޑީ.ޕީ އިން އުފަންކުރި ނިޒާމެއް ކަމަށް ވިޔަސް އެކަމުގެ ފޮނި މޭވާ ވަނީ ދިވެހި ރައްޔިތުންނަށް ނުލިބި ކަމަށެވެ. އެކަން އެންމެ ގާތުން ދެކޭނެ އެއް ބަޔަކީ ކުޅުދުއްފުށީގެ ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ސިޓީގެ ހިއްކާފައިވާ ބިމަށް އިޝާރާތްކުރަށްވާ، އާތިފް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން 2010 ވަނަ އަހަރު، 11 ދުވަސްތެރޭގައި 28 ހެކްޓަރުގެ އެ ވެލިގަނޑު ހިއްކާފައި އޮންނަތާ 11 އަހަރުވެއްޖެ ކަމަށެވެ. އަދި މިހާތަނަށް ވެސް އެ ސިޓީގެ އެއްވެސް ރައްޔިތަކަށް އެ ވެލިގަނޑުން އެއްވެސް މަންފާއެއް ނެތް ލިބިފައި ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

''ފޭތުވި ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ހިފަހައްޓާ ފޭރިގަތް، މިކަމުގެ އެންމެ ބޮޑު މިސާލަކީ މި ކުޅުދުއްފުށީ ސިޓީއަށް އަޅުގަނޑުމެން އިންތިޚާބުކޮށްފައިވާ ކައުންސިލެއް އޮއްވައި، ފެނަކަ އޮފީހުން ގެވަޅު ދޫކުރަން ޢިއުލާންކުރި ހިސާބު''- އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ އެ ޞަފްޙާ ނިމި، މިސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި 8 ވަނަ އިސްލާހާއެކު ކައުންސިލްތަކަށް މިވަނީ ބޮޑެތި ބާރުތަކާއި ބޮޑު ބަޖެޓްވެސް ހަމަޖެހިގެންގޮސްފައި ކަމަށެވެ.

އާތިފް ދެއްކެވި ވާހަކާގައި ވިދާޅުވީ، އެމްޑީޕީގެ ސިޓީކައުންސިލް ވެގެން ދާނީ ޒިންމާދާރުކަމާއެކު ދެފުއްފެންނަ ސިޔާސަތެއް ތެރެއިން ހިނގާނެ ޒަމާނީ ސިޓީ ކައުންސިލަށް ކަމަށެވެ.

''ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލް އޮޓޮމޭޓްކުރެވި ހިތުމަތްތައް ރައްޔިތުން ގާތަށް ގެނެސްދެވޭނެ، ސިޓީއެއްގެ ކުރިއެރުމާއި ތަރައްގީ ބިނާވެގެން ވަނީ ސަރުކާރާއެކު ކައުންސިލް ކުރާ މަސައްކަތަކުން، މި އުފެދޭ ސިޓީ ކައުންސިލާއެކު އަޅުގަނޑުމެންނަން ފެނިގެން މި ދަނީ ކުޅުދުއްފުށީގެ ތަރައްގީގެ އާ ޒަމާނެއް''- އާތިފް ވިދާޅުވިއެވެ.

އެ ޖަލްސާގައި އޭނާ ދެއްކެވި ވާހަކާގައި ވަނީ ކުޅުދުއްފުށީގައި އުފެދިގެންދާ ސިޓީ ކައުންސިލުން ކުރާނެ އެންމެ ފުރަތަމަ މަސައްކަތަކީ، ކުޅުދުއްފުށީ ސިޓީގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުން ކަމަށް ވިދާޅުވެފައެވެ. އަދި އެ ސިޓީގައި ބިމުގެ ދަތިކަން އިންތިހާއަށް އެބައޮތް ކަމަށާއި، ރައްޔިތުންގެ ހިޔާލާއި ފަންނީ ބޭފުޅުންގެ ލަފަޔާއެކު ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި