އުރީދޫގެ ސުޕްނެޓް ހިދުމަތް ށ. ގޮއިދޫއަށް ތައާރަފު ކޮށްފިއެވެ.

އުރީދޫ އިން ބުނީ 100 އެމްބީޕީއެސް ހަލުވި ސްޕީޑާއެކު، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ގޮއިދޫ އިން މިހާރު ސުޕަނެޓްގެ ހިދުމަތް ހޯދާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބޭނެ ކަމަށެވެ.

Ad
rt

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސާ އިންޓަނެޓަށް ބަރޯސާވާ މިންވަރު މިހާރު އިތުރުވެ، އަސާސީ ހިދުމަތަކަށް ވެފައިވާ ކަމަށެވެ. އެގޮތުން ކުދިންގެ ކިޔެވުމަށާއި،ގޭގައި ތިބެގެން މަސައްކަތްކުރުމަށާއި ސިއްހީ ހިދުމަތް ހޯދުމަށް އަދި ވިޔަފާރިކުރުމަށްވެސް އިންޓެނެޓްގެ ބޭނުން ކުރަންޖެހޭކަން ނިޔާޒް ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ބޭފުޅުންނަށްވެސް ފެންވަރު ރަނގަޅު އިންޓަނެޓް ފޯރުކޮށްދިނުމަށް. މިއަދުއުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަނެޓްގެ ހިދުމަތް ށ. ގޮއިދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ،އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،"
ނިޔާޒް ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ ދަށުން ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓްޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލާއެކު ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރުޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެެއެވެ.

ސުޕަނެޓްގެ ހިދުމަތް ހޯދުމަށް ނުވަތަ ސުޕަނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.