ދެ މީހަކު ސައިކަލެއްގައި އުފުލި ފޮށިގަނޑެއްގައި ހުރި ރާ ފުޅިތަކަކުން ބައެއް ރާފުޅިތައް މާލޭ ސިޓީގެ ޗާންދަނީ މަގަށް ތަޅައިގެން ގޮސް، އެ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ.

މަންޒަރުދުއް މީހަކު ''ތިލަދުން''އަށް ބުނީ އެ ހާދިސާ ހިނގައިގެން އުޅެނީ ޗާންދަނީ މަގުން އަސްރަފީ ބުކްޝޮޕާދިމާ މަގުމަތީގައި ކަމަށެވެ.

Ad
rt

އެ ރާފުޅިތައް އުފުލި ދެމީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެއީ ދިވެހިންކަމަށް ބެލެވޭ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

''ސައިކަލެއްގައި ފޮށިގަނޑެއްގައި އުފުލީ، ފޮށިގަނޑު ސައިކަލުން މަގުމައްޗަށް ވެއްޓުނީ ކަމަށް ބެލެވެނީ، ތިން ފުޅި އެބަ އޮތް ތަޅައިގެން ގޮސްފައި، ތަޅައިގެން ނުދާ ވެސް ތިންފުޅިއެއް އެބަފެނޭ ''

މައުލޫމާތު ހިއްސާކުރި މީހާ އެ ސަރަޙައްދުގައި ހުރެ މި ނޫހަށް ބުންޏެވެ.

ފޮޓޯ: ކިޔުންތެރިއެއް

އެ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށް ވެސް އޭނާ ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ދެންމެ ވިދާޅުވީ، މިރޭ 19:30 ހާއިރު، މާލޭ ސިޓީގެ އަސްރަފީ ބުކްޝޮޕްކައިރިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

'' އެ ދެމީހުން ވަނީ ފުލުހުން ހުއްޓުވުމުން އެ ދެމީހުން ގެންގުޅުނު ބަންގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ތިން ފުޅި މަގުމައްޗަށް ވައްޓާ ތަޅާލާފައި''- ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެ ދެމީހުން ހުއްޓުވީ ވަންވޭއަކުން އިދިކޮޅަށް ދުއްވާފައި ދަނިކޮށް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީ ކުރަށްވަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިހާދިސާ ހިނގާފައި މިވަނީ ކޯވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން ކަނޑައަޅާފައިވާ މާލޭގައި ދުއްވުން މަނާ ވަގުތެވެ.