ހދ. ނޭކުރެންދޫގައި ހުރެފައި ރިސޯޓަކަށް ދަތުރުކުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށުން ނެގި 51 ސާމްޕަލް ނެގެޓިވް ވެއްޖެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ދާޢުދު ވިދާޅުވީ ނޭކުރެންދޫގެ ކޭސް އާއި ގުޅިގެން ނެގި 51 އެއް ސާމްޕަލްގެ ނަތީޖާ މިރޭ ލިބިފައިވާކަމަށެވެ. އެ ހުރިހާ ސާމްޕަލްއެއް ވެސް ނެގެޓިވް ވެފައިވާކަމަށް އަޙްމަދު ދާޢޫދު ދިވާޅުވި އެވެ.
މިކޭސް އާއި ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނޭކުރެންދޫ މޮނީޓަރިންއަށް ލާފައިވަނީ ރޭ 21:33 ގައެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭއިން އާންމު ކޮށްފައިވާ ލިޔުމުގައި ވިދާޅުވެފައިވަނީ ނޭކުރެންދޫގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި އަދި އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު އެ ރަށަށަށް އެރުމަކީ މަނާކަމެއް ކަމަށެވެ. މިރޭ ލިބުނު ނެގެޓިވް ނަތީޖާ ތަކާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތުން ވީއްލިކަމުގެ މަޢުލޫމާތެއް އަދި ނުލިބެއެވެ.
މިކަމާއި ގުޅިގެން '''ތިލަދުން'' އަށް މަޢުލޫމާތު ދެމުން ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ އާދަމް ރޭ ވިދާޅުވެފައިވަނީ ޕޮޒިޓިވް ވެފައިވަނީ ރިސޯޓެއްގައި ހުރުމަށްފަހު ޗުއްޓީއަށް ރަށަށް އައިސް ހޯމް ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ރަށުގައި ހުރުމަށްފަހު އެނބުރި ކަނޑުމަގުން ރިސޯޓަށްދިޔަ އެރަށު މީހެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!