މިދިޔަ އަހަރު ފާސްކޮށް، މިހާރު އަމަލު ކުރެވެމުންދާ ''ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު''ގެ ދަށުން އުފައްދާ ޕޮލިސް ބޯޑަށް ކުރިމަތިލި ފަސް ފަރާތެއްގެ ނަން ދިރާސާ ކުރަން މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް، ރައީސް ނަޝީދު އިއުލާން ކުރެއްވީ ފުލުސްް ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލުމަށް އާންމުކޮށް ޢިއުލާން ކުރުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ފަސް ނަމެއް ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވާނެ ކަމަށެވެ.
ޕޮލިސް ބޯޑަށް ކުރިމަތިލެއްވި އިތުރު ބޭފުޅުން
- ހާމިދު އަބްދުލް ޣަފޫރު، ހ. ޝޭޑީ ކޯނަރު، މާލެ
- ޒީނަތު އަލީ ދަފްތަރު 1626
- ލަބީގު މުހައްމަދު މާހިދު މ. މަނަދޫ ވިއު
- ޒުބައިރު އަހުމަދު މަނިކު ގ. މަލްވަނި
- އަލީ މުހަައްމަދު މަނިކު ދަފްތަރު 1851
ގާނޫނު ބުނާ ގޮތުން ފުލުސް ބޯޑު އެކުލުވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަންކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންގެ އިތުރުން އާންމުންގެ ތެރެއިން، ކުރިމަތިލާ ދެ މެމްބަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!