ށ. ފީވަކު ކަނޑޫފަލުގެ ބޮޑު ސަރަހައްދެއްގައި ރޯކޮށްލައިފިއެވެ.
އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ޢާދިލް މިހާދިާއާއި ގުލިގެން "ތިލަދުން" އަށް މަޢުލޫމާތު ދެމުން ބުނީ އެސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުލޭކަމުގެ މަޢުލޫމާތު އެކައުންސިލް އަށް ރިޕޮޓްކޮށްފައިވަނީ މިރޭ 8:30 ހާއިރު ކަމަށެވެ.
ކައުންސިލް އާއި ފުލުހުން އަދި އާންމުން ގުޅިގެން ކުރި މަސައްކަތުން 2 ގަޑިއިރެއްހާއިރުގެ ތެރޭގައި އަލިފާންގަނޑު ނިއްވާލެވިފައިވަނީކަމަށް އާދިލް ވިދާޅުވި އެވެ.
އާދިލް އިތުރަށް ވިދާޅުވީ އެސަރަހައްދަކީ ގިނަ އަދަދަކަށް ކަށިކެޔޮގަސް ގިނަ ސަރަހައްދެއްކަމުން އަލިފާން ނިއްވާލުމުގައި ދަތިތަކާއި ކުރިމަތިވި ކަމަވެށެވެ.
މި ކަން ކުރީ ކޮންބަޔެއްކަން އަދި ޔަޤީން ކުރެވިފައި ނުވޭ، މި މައްސަލަ ތަހުޤީގު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން
އާދިލް ވިދާޅުވި އެވެ.
އެރަށުން ވާހަކަ ދެއްކި ޒުވާނަކު ބުނީ އަލިފާންގަނޑު މިހާރު ކޮންޓުރޯލް ކުރެވިފައިވީނަމަވެސް އެހެންނަމަވެސް ކަނީގެ އަސަރު އަދިވެސް އެ ސަރަހައްދުގައި ހުރުމާއި ގުޅިގެން ފުލުހުން ދަނީ އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންކަމަށެވެ.
އެރަށަކީ ބޮޑުމިނުގައި 86.4 ހެކްޓަރ ހުންނަ ދަންޑުވެރިކަން ކުރާ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!