1442 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވައިލުމަށްޓަކައި މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުޅުވައިލައިފިއެވެ.
މާލެ ސިޓީގެ އިތުރުން 1442 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވާލުމުގެ މަސައްކަތް މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ރަށްރަށުގެ ކައުންސިލުތަކުން ވެސް އަންނަނީ ކުރަމުންނެވެ.
މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން، މާޗު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސިޓީން މި ދަފްތަރުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު zakat.dhafthar@islamicaffairs.gov.mv މެއިލް ކުރައްވަމުން ގެންދިއުމަށެވެ.
މިއަދުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި އެ މިނިސްޓްރީގެ ކައުންޓަރުން ފޯމު ލިބެން ހުންނާނެ ކަމުގައި ވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!