އާދީއްތަ ދުވަހުގެރޭ ސްޕެނިޝް ލީގުގައި ވެލެންސިއާ އަދި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗްގައި ވެލެންސިއާގެ މައްޗަށް ކުރިހޯދައި ތާވަލުގެ ދެވަނަ މަގާމަށް ރެއާލް ޖެހިލައިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މި މެޗް ކާމިޔާބު ކުރީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުންގައި 2-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ރެއާލުންޖެހި ދެ ލަނޑުވެސް ޖަހާފައިވަނީ މެޗްގެ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް، ފްރާންސްގެ ކަރިމް ބެންޒެމާއެވެ.

އެޓީމުން ވަނީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އިތުރު ލަނޑެއްޖަހައި ލީޑް ފުޅާކޮށްފަ އެވެ. އެ ލަނޑު އެޓީމަށް ޖަހައިިދިނީ ޓޯނީ ކްރޫސް އެވެ.

ރިއާލުން ހޯދި މި ކާމިޔާބީއާއިއެކު އެ ޓީމު ވަނީ ކުޅުނު 23 މެޗުން ވަނީ 49 ޕޮއިންޓް ހޯދައިގެން ލީގުގެ ތާވަލުގެ ދެ ވަނަ ކަށަވަރުކޮށްފައެވެ. ލީގުގެ އެއްވަނާގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. އެ ޓީމުން ވަނީ 21 މެޗުން 54 ޕޮއިންޓް ހޯދާފައެވެ.

ލީގުގެ ތިންވަނައިގައި 22 މެޗުން 46 ޕޮއިންޓް ހޯދައިގެން ބާސެލޯނާ އޮތްއިރު، ރެއާލްއަތުން ލިބުނު ބައްޔާއެކު ވެލެންސިއާ އޮތީ ތާވަލުގެ 12 ވަނައިގައި 23 މެޗުން 24 ޕޮއިންޓާއެކުއެވެ.