ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ) އިންވެސް ''ޓިކްޓޮކް'' އެކައުންޓެއް ބޭނުންކުރަން ފަށައިފި އެވެ.
އެޗްޕީއޭއިން ވިދާޅުވީ އެ އޭޖެންސީން ޓިކްޓޮކް އެކައުންޓެއް ހުޅުވާފައިވަނީ ކޯވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ ޚަބަރުތައް އާންމުންނާއި ހަމައަށް ގެނެސްދިނުމަށާއި ވެކްސިނާއިބެހޭ މައުލޫމާތުތައް ހިއްސާކުރުމައް ކަމަށެވެ.
ޓިކްޓޮކް އެކައުންޓެއް ހުޅުވީ، ގިނަ އަދަދެއްގެ އާންމުނާއި ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވާއިރު، އެ އޭޖެންސީގެ ޓިކްޓޮކް އެކައުންޓަށް މިހާތަނަށް 682 މީހުން ފޮލޯކޮށްފައިވެއެވެ.
To provide you with the most up to date information on COVID-19 response and vaccination efforts and to reach a broader audience, we have launched our new @tiktok_us channel.
Please join via: https://t.co/zFF1zVmap3 pic.twitter.com/CWIkAGOZg0
— Health Protection Agency (@HPA_MV) February 13, 2021
ޓިކްޓޮކަކީ ދުނިޔޭގައި މުނިފޫހި ފުލިވުމަށް ވަރަށް މަގުބޫލުކަން ހޯދާފައިވާ އެޕެކެވެ. އަދި މި އެޕަކީ ދިވެހި ރާއްޖޭގައި ވެސް ވަރަށް މަގުބޫލުކަން ހޯދާފައިވާ ގިނަ އަދަދެއްގެ ދިވެހިން ބޭނުންކުރާ އެޕެކެވެ. މި އެޕަކީ މިހާރު އެންމެ ފުޅާދާއިރާ އެއްގައި ކުރު މޮބައިލް ވިޑިއޯ ހިމެނޭ އެޕްލިކޭޝަނެވެ.
މިދިޔަ ޖެނުއަރީމަހު ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްއިން ވެސް ވަނީ ޓިކްޓޮކް ބޭނުން ކުރަން ފަށާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!