ރަށްރަށުގައި ހުރި ކުނި ނައްތާލަން ހިންގާ ޕްރޮގްރާމުގެ ދަށުން ވެމްކޯއިން ކ. ގުރައިދޫގައިވެސް މަސައްކަތް ފަށައިފިއެވެ.

ރައީސް އޮފީހުގެ އިސްނެންގެވުމުގެ މަތިން ފެށި ޕްރޮޖެކްޓުގެ ދަށުން ކުނި ނެގުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. އެ ރަށުންމިހާތަނަށް 400 ޓަނުގެ ކުނި ސާފު ކުރެވިފައިވާ ކަމަށް ވެމްކޯއިން މައުލޫމާތު ދެއެވެ.

Ad
rt

މި މަސައްކަތް އިތުރަށް ހަލުވި ކަމާއެކު ކުރިއަށްގެންދިއުމަށް އިތުރު މެޝިނަރީސްވެސް މިހާރު މަާލެއިން ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮގްރާމުގެ ދަށުން ގުރައިދޫ އިންވެސް 400 ޓަނުގެ ކުނި ނެގޭނެ ކަމަަށް ވެމްކޯއިން ލަފާ ކުރެއެވެ.

ކުޅުދުއްފުއްޓާއި ގުރައިދޫގައި ވެމްކޯއިން މަސައްކަތް ފަށާފައިވާއިރު ފުވައްމުލަކަށްވެސް މިހާރު އެ ކުންފުނީގެ ޓީމެއް ވަނީ ފުރައިފައެވެ. އެ ރަށުން ގާތްގަނޑަކަށް 25،000 ޓަނުގެ ކުނި ނައްތާލެވޭނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.