އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓިފައިހުރި ބިދޭސީއަކު ފިލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވިދާޅުވެފައިވަނީ މިރޭ 19:27 ހާއިރު ފިލާފައިވަނީ އުމުރުން 32 އަހަރުގެ އަސަނަރ ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ.

Ad
rt

މި މީހާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ދިވެހި ފުލުހުން ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ. މި މީހާގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ 9886125 ނަމްބަރާއި ގުޅުއްވައި ރިޕޯޓް ކުރުމަށް އެ ކަރެކްޝަނަލް ސާވިސްއިން އެދިލައްވައެވެ.