ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
ރައީސް ޔާމީންގެ މަންމާފުޅު ފާތުމަތު ހަސަން ދިރިއުޅުއްވަމުން ގެންދަވަނީ ދަރިކަނބަލުން މުސްލިމާ އަބްދުލް ގައްޔޫމްގެ އަރިހުގައި ސްރީލަންކާގައެވެ.
އެ ކަމަނާ ލަންކާ ހޮސްޕިޓަލަށް ގެންދެވުނީ ރޭގެ ފަތިހުގެ ވަގުތެއްގައި ނޭވާލާން އުނދަގޫވުމާއި ގުޅިގެންނެވެ. ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓުތަކުން ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ލަންކާގެ ހޮސްޕިޓަލުގައި މިހާރު އަންނަނީ އެކަމަނާއަށް ފަރުވާދެމުންނެވެ. އެކަމަނާގެ މިހާރުގެ އުމުރު ފުޅަކީ 83 އަހަރެވެ.
ރައީސް ޔާމީންގެ މަންމާފުޅުގެ ތިއްބަވަނީ ރައީސް ޔާމީންއާއިއެކު 6 ބޭފުޅުންނެވެ. އެއީ ފަސް ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!