ހދ. މަކުނުދޫގައި ނުރައްކާތެރި އެކްސިޑެންޑެއް ހިނގައި، ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް ހުސައިން ސާމީ ''ތިލަދުން''އަށް ވިދާޅުވީ، އެރަށުގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގަން މެދުވެރިވި ސަބަބު ދަންނަވަން ނޭނގޭ ކަމަށެވެ. އަދި އެކްސިޑެންޓްވީ އެރަށުގެ ބޮޑުމަގުން ދުއްވާފައި ދިޔަ ސައިކަލެއް އެ މަގުން ހިނގާފައިދި މީހެއްގެ ގައިގާ ޖެހިގެން ކަމަށެވެ.

Ad
rt

ސާމީ ވިދާޅުވިގޮތުގައި އެ ހާދިސާގައި ސައިކަލް ދުއްވާފައި ދިޔައީ އެމަގުގެ ހުޅަނގުން އިރަށް ކަމަށާއި އަދި އަނިޔާވި، ހިނގާފައި ދިޔަ މީހާ ވެސް ހިނގާފައި ދިޔައީ ހަމަ ހުޅަނގުން އިރަށް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

''ސައިކަލް ދުއްވާފައި ދިޔަ ކޮޅަށް، ހިނގާފައި ދިޔަ މިހާވެސް ދިޔައީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދަންނަވަން އަދި ނޭނގޭ، މީހުންނަށް އެ ދެ މީހުން ފެނުނު އިރުވެސް ތިބީ ހޭނެތިފައި، ހިނގާފައި ދިޔަ މީހާގެ ގައިން މާބޮޑު އަނިޔާއެއް ބެރުފުށަށް ފެންނާކަށް ނެތް، އެކަމަކު ސައިކަލް ދުއްވި މީހާގެ ތަންތަން މަށައިގެން ގޮސް، ލޯކައިރި ދުޅަވެ، އެކިވަރުގެ އަނިޔާވެފައި ހުރިތަން ބޭރުފުށުން ފެންނަން ހުރި''

ސާމީ ވިދާޅުވިއެވެ.

ސާމީ ވިދާޅުވީ، އެ ދެމީހުން ވެސް މިހާރު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައި ކަމަށެވެ. އެ ހާދިސާގައި އަނިޔާވި ސައިކަލް ދުއްވަން އިންމީހާއަކީ 28 ހަކަށް އަހަރުގެ ޒުވާނެއް ކަމަށާއެއި، ހިނގާފައި ދިޔަ މިހާއަކީ އުމުރުން 50 ހަކަށް މީހެއް ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ، މިއަދު 1430 ހާއިރުއެވެ.