ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސް އިއުލާން ކޮށްފިއެވެ.
މި ބަދަލާއެކު ތިލަފުއްޓާއި މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ ސްޓޭޝަންތައް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ހުޅުވާފައި ހުންނާނީ ހެނދުނު 8:30ން ރޭގަނޑު 8:00 އަށެވެ. އަދި ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ ހެނދުނު 8:30ން މެންދުރު 11:00އަށް އަދި މެންދުރު 2:00ން ރޭގަނޑު 8:00 އަށެވެ.
މީގެ އިތުރުން އެ ކުންފުނީގެ ކޯލް ސެންޓަރުތައް ހުޅުވާފައި ހުންނަ ގަޑިވެސް ހެނދުނު 9:00ން ރޭގަނޑު 8:00 އަށް ވަނީ ބަދަލުކޮށްފައެވެ.
ވެމްކޯއިން ބުނީ މި ބަދަލަކީ ކޯވިޑް ހަލުވިކަމާއެކު ފެތުރެމުންދާތީ އެ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމަށް ގެނައި ބަދަލެއް ކަމަށެވެ. އެހެންކަމުން ހިދުމަތް ހޯދާމީހުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު ފާއިތުވީ ހަފްތާގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އިއްޔެ އެކަނިވެސް ރާއްޖެއިން 215 މީހަކު ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރެއިން 159 މީހަކު ފައްސިވެފައި ވަނީ މާލޭ ސަރަހައްދުންނެވެ. ރާއްޖޭގައި މިހާތަނަށް ޖުމްލަ 16056 ކޮވިޑަށް ފައްސިވެފައި ވާއިރު 14190 މީހަކު ބަލިން ފަސޭހަ ވެފައި ވެއެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ރާއްޖޭގައި 1807 މީހަކު އެބަ ތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!