ހދ. ކުމުންދޫގަައި އެންމެފަހުން ތަރައްޤީކުރި "ކިނާރާ ފަންނު" ގައި ރޯކޮށްލައި ގެއްލުން ދީފި އެވެ.

ކުމުންދޫ ކައުންސިލުން މިކަމާއި ގުޅިގެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ހެދިފައިވާ މައިޒާންތަކަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ހެދިފައިވާ ތަންތަންކަމަށާއި މިތަންތަނަށް ލިބޭ ގެއްލުމަކީ ރައްޔިތުންނަށް ލިބޭ ގެއްލުމެއްކަމަށެވެ.

Ad
rt

ރޭގައި ކިނާރާ ފަންނު އަށް ބަޔަކު ދީފައިވާ ގެއްލުމަކީ ވަރަށް ނާތަހުޒީބު އަމަލެއް، މިފަދަ އަމަލު ތަކުން އަޅުގަނޑުމެން ރައްޔިތުން ދުރުވާންޖެހޭ

ގެއްލުންދީފައިވާ މަންޒަރުތައް ފެންނަ ފޮޓޯތައް ހިއްސާކުރަމުން އެކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ދަށުން ކުމުންދޫގައި ޖަހާފައިވާ ބައެއް ސޯލާ ބައްތިތަކަށްވެސް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންދީފައިވާކަމަށްވެސް އެކައުންސިލުން ބުނެއެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ "ކިނާރާ ފަންނު" ގެ 3 ހަޓެއްގައި ރޭގެ ވަގުތެއްގައި ބަޔަކު ރޯކޮށްލާފައިވާކަމަށެވެ. މިމައްސަލަ މިހާރު ފުލުހުންނަށް ހުށައެޅިގައިވާކަމަށްވެސް އަމީން ވިދާޅިވިއެވެ.

ކުމުންދޫގެ ކުޅީގައި މިދިޔަ އަހަރު ތަރައްޤީކުރެވުނު "ވެހިސަރާ"އަށް ރާއްޖޭގެ ގިނަބަޔެއްގެ ސަމާލުކަންވަނީ ލިބިފައެވެ. މީގެ އިތުރުން ކުމުންދޫގައި މިގޮތައް ތަރައްޤީކޮށްފައިވާ 4 ސަރަހައްދެއް އޮވެއެވެ.