މާލޭ ގެޔެއްގެ ތެރޭ ސިޑިގޮޅީގައި ބަހައްޓާފައިހުރި އޭސީ ވަގަށް ނެގި 2 ވަގުން ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދެފި އެވެ.

މިދެވަގުންގެ ވީޑީއޯ އާންމު ކުރަމުން ފުލުހުން ބުނެފައިވަނީ މާފަންނު ގެއެެއްގެ ސިޑިގޮޅިތެރޭގައި ބަހައްޓާފައިހުރި އޭސީ އިންޑޯ ޔުނިޓަކާއި އައުޓްޑޯ ޔުނިޓެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުންކަމަށެވެ.

Ad
rt

ފުލުހުން ބުނެފައިވަނީ މި ދެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދޭކަމަށެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 475407 ކަމަށް ފުލުހުން ބުނެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށްވެސް ފުލުހުން ބުނެއެވެ.