އެޕޮއިންޓްމަންޓް ހެއްދުން ފަސޭހަކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މޯބައިލް އެޕެއް ލޯންޗުކުރުމަށް ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ.
އެހޮސްޕިޓަލުން މިހެން ބުނެފައިވަނީ، މެދުވެރިކޮން ވެބްސައިޓުން މެދުވެރިންކޮން އެޕޮއިންޓްމެންޓް ހެއްދުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން އެޕޮއިންޓްމަންޓް ހައްދަވާނެ ގޮތް ކިޔައިދިނުމަށް ނެރެފައިވާ ވީޑިއޯއެއް ހިމަނަމުންނެވެ.
ކޭއާރުއެޗްއިން ބުނެފައިވަނީ އެޕޮއިންޓްމަންޓް ހެއްދުމުގެ ސިސްޓަމްއަށް ލުއިފަސޭހަކަން ގެނައުމަށްޓަކައި ވެބްސައިޓްގެ ޔޫސަރ އިންޓަފޭސް ރަގަޅުކޮށް، މޯބައިލް އެޕެއް ލޯންޗުކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާކަން ހިދުމަތް ހޯދާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.
އެޕޮއިންޓްމަންޓަށް ހުޅުވާލާ ގަޑީގައި ކޯލްތަކަށް ޖަވާބު ދިނުމަށް ބެކް އޮފީހެއް ޤާއިމު ކުރެވި ޕީކް ގަޑީގައި ފޯނަށް ޖަވާބު ދޭ މުވައްޒަފުންގެ އަދަދު ވާނީ އިތުރު ކުރެވިފައިކަމަށާއި ހިދުމަތުގެ ފެންވަރު ރަގަޅު ކުރުމަށްޓަކައި ތިޔަ ބޭފުޅުން ހިއްސާ ކުރައްވަމުން ގެންދަވާ ބިނާކުރަނިވި ހިޔާލުތައް އަޅުގަނޑުމެން ނުހަނު އުފަލާއެކު ބަލައިގަންނަން.
ކޭއާރުއެޗްއިން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު މި ވެބްސައިޓް ލޯންޗުކުރި ދުވަހު އެހޮސްޕިޓަލުން ބުނެފައިވަނީ ވެބްސައިޓް ލޯންޗް ކުރުމުގެ މަޤްޞަދަނީ ހޮސްޕިޓަލުގެ މައުލޫމާތު ވީހާ ވެސް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުން ކަމަށެވެ.
ވެބްސައިޓް ފަރުމާ ކޮށް ޑިޒައިން ކޮށްފައި ވަނީ އެ ހޮސްޕިޓަލުގެ ސީނިއަރ ކޮމްޕިއުޓަރ ޕްރޮގުރާމަރ އަހްމަދު އަލީ އެވެ. މި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލުމުގައި އައިޓީ ޓީމުގެ މެންބަރުން ކަމުގައިވާ ހަސަން އަހްމަދު, އަލީ އަހްމަދު އަދި ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ މުހައްމަދު ހުސައިން ކުރި މަސައްކަތަށް އެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ބުރައުޒަރ ހުޅުވުމަށް ފަހު ހޮސްޕިޓަލުގެ ވެބްސައިޓަށް ވަންނަވާ (www.krh.gov.mv)
ވެބްސައިޓް ލޯޑްވުމުން “Make Appointment” އަށް ކުލިކް ކޮށްލައްވާ!
ވެބްސައިޓުން އެޕޮއިންޓްމަންޓް ހެއްދުމަށް ކޮންމެ ދުވަހަކަށް ވެސް ހާއްސަ ކުރެވިފައި ވަނީ ކަނޑައެޅިފައިވާ ވަކި އިންސައްތައެކެވެ.)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!