ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ބަންގްލަދޭޝްގެ ރައްޔިތެއް ހޯދަން ޢިއުލާން ކޮށްފިއެވެ.

މިގޮތުން ބަންގްލަދޭޝްގެ އުމުރުން 34 އަހަރުގެ އިދުރީސް ހޯދަނީ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Ad
rt

ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ހޯދަނީ ސައުތު ޕޮލިސް ޑިވިޜަންގެ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.

އެ މައްސަލާގައި ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވަނީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް، 2021 ޖަނަވަރީ 31 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އޭނާ ހާޒިވުމަށް އަންގާފައެވެ.