ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަދެ ގެއްލުންދިނީ ނަފްސާނީ ބަލި މީހެއްކަމަށް ފުލުހުން ބުނެފި އެވެ.
ނޫސްތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ މިމަހުގެ 21 ވަނަ ދުވަހު އިޝާ ނަމާދަށް ފަހު ހިނގި މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިމީހާ މިހާރު ވަނީ ދޫކޮށްލާފައިކަމަށާއި އަދި އޭނާގެ ސްޕޮންސޮރ އާ ގުޅިގެން އޭނަ ބަންގްލަޑެޝް އަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށެވެ.
އެމީހާ އަކީ ނަފްސާނީ މައްސަލަ ތަކެއް ހުންނަ މީހެއް ކަމަށް ފުލުހުންނަށް މިހާތަނަށް ބެލިބެލުމުން އެންގިފައިވޭ.
ފުލުހުން ބުނެފައިވެއެވެ.
ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަތް ބިދޭސީއަކު ހައްޔަރުކޮށްފައިވަނީ އެރޭ 8:29 ހާއިރު އެވެ.
ބަރަހަނާ ހާލުގައި ހުރެ މިސްކިތަށް އަރައި އަޑުގަދަކޮށް މިސްކިތުގެ ބައެއް ތަކެއްޗަށް އޭނާ ގެއްލުންދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
މިދިޔަ ހަފްތާގައި ހުޅުމާލޭ މިސްކިތެއްގައި ނަމާދު ކުރަން ހުރި އުމުރުން ދުވަސްވީ މީހަކަށް އިންޑިއާ މީހަކު ހަމަލާދީފައިވެ އެވެ. އެމީހާ ނަމާދަށް ހުއްޓަ އިންޑިއާ މީހާ އެމީ ކަރުގައި ހިފުމުން ސަލާމަތް ކޮށްދިނީ މިސްކިތުގައި ތިބި އެހެން މީހުންނެވެ.
މި މައްސަލައިގަ އިންޑިއާ މީހާ ހައްޔަރުކޮށް 10 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!