ޒުވާން 2 ވިޔަފާރިވެރިންގެ މަސައްކަތުން ހދ. ނެއްލައިދޫގައި "ޒޫމް ޓުރޭޑް" ގެ ނަމުގައި އައު ފިހާރައެއް ހުޅުވައިފި އެވެ.

ގޭތެރޭގެ ސާމާނުތައް އެއްތާކުން އަގުހެޔޮކޮށް ލިބޭ މިފިހާރަ ހުޅުވާފައިވާނީ މިމަހުގެ19 ވަނަ ދުވަހު އެވެ.

Ad
rt

އެ ފިހާރައިގެ އެއް ފައުންޑަރ ކަމުގައިވާ މުހައްމަދު އަލީފް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ފިހާރަ އަކީ އަގު ހެޔޮކޮށް ގޭތެރެއަށް ބޭނުންވާ ސާމާނު ފަދަ ތަކެތި އެއްތާކުން ލިބޭނެ އިންތިޒާމް އެރަށުގެ ރައްޔިތުންނަށް ހޯދައިދިނުމަށް ހުޅުވުނު ފިހާރައެއްކަމަށެވެ.

ސާނަވީ ތަޢުލީމު ނިންމާ މަތީސާނަވީ ތަޢުލީމުވެސް ރަށުން ކިޔަވާ ނިންމުމަށް ފަހު ބޭބެ ވިޔަފާރި ތެރޭއަށް ވަނިީ، އަބަދުވެސް އަޒުމަކަށް ވަނީ ނެއްލައިދޫ ރައްޔިތުން ފަހުރުވެރި ވާފަދަ ވިޔަފާރިއެއް ކުރުން. ވީހާވެސް ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަކަށް ޚިދުމަތެއްގެ ގޮތުގައި ކަމެއް ކުރުން، އެހެންވެ ފަށާއިރު ޑެލިވަރީ ޚިދުމަތާއި އެކު ފަށަން ނިންމީވެސް

ވިޔަފާރީގެ ތެރެއަށް ވަދެވުނުގޮތް ހިއްސާކުރަމުން މުޙައްމަދު އަލީފް ވިދާޅުވި އެވެ.

5 މުވައްޒަފުންނާއި އެކު ހުޅުވި މިފިހާރައިން މިވަގުތު ލިބެންހުންނާނީ އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެއްޗާއި ކޮސްމެޓިކް އާއި ހާޑުވެރ ސާމާނުކަމަށާއި ކުރިޔަށް އޮތްތަނުގައި އެކި ބާވަތުގެ ޕްރޮޑަކްޓް ރަށަށް ތައާރަފް ކުރާގޮތަށް ހަމަޖެހިފައިވާކަމަށް އަލީފް ވިދާޅުވި އެވެ.

އަލީފް އިތުރަށް ވިދާޅުވީ ފިހާރަ ހުޅުވިގެން ދިޔައީ މޯލްޑިވްސް ގޭސްގެ ލުއިފުޅި ލިބޭނެ އިންތިޒާމާއި އެކު ކަމަށެވެ. އަދި ފުޅާ ދާއިރާއެއްގައި ޑެލިވަރީގެ ޚިދުމަތްވެސް ދެމުން ދާނެކަމަށް އަލީފް ވިދާޅުވި އެވެ. އެގޮތުން ޒޫމް ޓްރޭޑްސް އިން ހޯމް ޑެލިވަރީ ކުރާނީ 150ރ އިން މަތީގެ ވިޔަފާރިއެއް ކުރައްވާނަމަ އެވެ.

މުޙައްމަދު އަލީފް އާއި އަލީ އަނީސްގެ ވިސްނުން ހުރީ މިވިޔަފާރި ޝޯޝަލް މީޑިއާ ގައި ބޮޑަށް އިސްތިހާރުކުރުމުގެ ވިސްނުމެވެ. ފިހާރައިން ލިބެން ހުރި މުދަލާއި އަލަށް ގެނެވޭ މުދަލުގެ އަޕްޑޭޓްސް ކޮންމެ ތާކު ހުންނަ މީހަކަށް ވެސް ފެންނާނެ ގޮތް ފަސޭހަައިން ލިބޭނެކަމަށް އެފަރާތުން ބުނެއެވެ.

ޒޫމް ޓްރޭޑް އިން ނެއްލައިދޫ އަށް ތައާރަފު ކުރަނީ މޯލްޑިއުސް ގޭސް ލުއި ފުޅި.
📸 Wifan's

Posted by ZOOM TRADE on Monday, January 18, 2021

ފިހާރަ ހުޅުވުމާއި ގުޅުވައިގެން ގްރޭންޑް އޯޕަނިންގ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފަ އެވެ. އެގޮތުން 19 ޖަނަވަރީ އިން ފެށިގެން 2 ހަފްތާގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ދާނެއެވެ. 100ރ މަތީން ވިޔަފާރިކުރައްވާ ފަރާތްތަކަށް މިޕްރޮމޯޝަން ބައިވެެރިވެވޭނެ އެވެ. އެގޮތުން 1 ވަނަ އިނާމް - ރައިސް ކުކަރެއް، 2 ވަނަ އިނާމް - އިސްތިރިއެއް އަދި 3 ވަނަ އިނާމް - ސޭންޑްވިޗް މޭކަރެއް ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

ފަހަކަށް އައިސް ތިލަދުންމަތީގެ ގިނަ ޒުވާނުން އަންނަނީ ވިޔަފާރީގެ ދާއިރާއަށް ވަންނަމުންނެވެ.