''ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ސްކޮލާޝިޕް 2020/2021'' އަށް ކުރިމަތިލުމަށް އިތުރު ފުރުޞަތެއްދީ، ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ވިދާޅުވީ، އެ މިނިސްޓްރީއިން މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް ކުރިން ކުރި ޢިއުލާނަށް އެކަށީގެންވާ ޢަދަދަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ އަލުން އެ ފުރުޞަތު ހުޅުވާލާކަމަށެވެ.
މި ގޮތުން އެ މިނިސްޓްރީއިން ވަނީ ބަންގްލަދޭޝްގައި ކިޔަވައިދޭ މި ކޯސްތަކުގެ އެމް.ބީ.ބީ.އެސް ކޯހުގެ 5 ޖާގަ އަދި ބީ.ޑީ.އެސް ކޯހުން 1 ޖާގައަށް ފުރުޞަތު ހުޅުވާލާފައި އެވެ. މިއީ ބެޗްލަރސް ޑިގްރީ ފެންވަރުގެ ކޯސްތަކެކެވެ.
މި ޖާގަތަކަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ 01 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިންނެވެ. އަދި ކުރިމަތިލާ ދަރިވަރުން އެޕްލިކޭޝަން ހުށަހަޅުއްވަން ޖެހޭނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށް ކަމަށް ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވެއެވެ.
އިތުރު މަޢުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026947 /3026966 ނަންބަރު ފޯނުން ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއިން އަންނަނީ ރާއްޖޭގެ ދަރިވަރުންތެރެއިން ބޭރުގައުމުތަކުގައި އުނގެނެން ބޭނުންވާ ދަރިވަރުންނަށް ގިނަ ޢަދަދެއްގެ ސްކޮލާޝިޕް ފުރުޞަތުތަކަށް ހުޅުވާލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!