ވޮޝިންޓަން (ޖެނުއަރީ 20) - އެމެރިކާގެ 46 ވަނަ ރައީސްގެގޮތުގައި ޖޯ ބައިޑެން، ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.
އެ ރަސްމިއްޔާތު އޮތީ އެމެރިކާގެ ގަޑިން މެންދުރު 12:00 ގައެވެ. އެއީ، ރާއްޖޭ ގަޑިން މިރޭ 10:00 އެހާއިރުއެވެ. އަދި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެމެރިކާގެ ކޮންގްރެސް އިމާރާތުގެ ވެސްޓް ފްރަންޓް މައިދާނުގައެވެ.
މި ރަސްމިއްޔާތުގައި ބައިޑަން، 78، އަށް ހުވާ ލައިދެއްވީ އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް އެވެ. ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސުން ކަމަށްވާ ބަރަކް އޮބާމާ އާއި ބިލް ކްލިންޓަން އާއި ޖޯޖް ޑަބްލިޔު ބުޝް ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ގައުމާ މުޚާތަބު ކުރައްވަން ޖޯ ބައިޑެންވަނީ އޭނާގެ ވެރިކަމުގެ އެންމެ މުހިންމު ކަމަކީ ގައުމު އަލުން އެއްބައިވަންތަކުރުން ކަމަށެވެ. ގައުމު އަލުން އެއްބައިވަންތަ ކުރުމާއި، ކޮވިޑް ބަލިމަޑުހާލަތުން އަރައިގަތުމަށް އެމެރިކާ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއި، އެއްބައިވަންތަކަމަށް ބައިޑެން ގޮވާލެއްވިއެވެ.
BREAKING: Joe Biden is sworn in as the 46th president of the United States https://t.co/tcmAzrzqTx pic.twitter.com/ShNj0rc7oT
— CNN (@CNN) January 20, 2021
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް ޑޮނަލްޑް ޓްރަންޕާ ވާދަކުރައްވައި ބައިޑަންވަނީ ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!