ވަޒިފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމުގައި ހުންނެވި ގދ. ތިނަދޫ، ގެލަ، އާމިނަތު އަބްދުﷲ ޒުހައިރު އެ ޓްރައިބިއުނަލްގެ ރައީސްކަމަށް އައްޔަން ކުރައްވައިފި އެވެ.
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 88 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް، އާމިނަތު އަބްދުﷲ ޒުހައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވީ މިއަދު އެވެ.
ޓްރައިބިއުނަލްގެ ނައިބް ރައީސްކަމަށް އައްޔަނު ކުރައްވާފައިވަނީ އެޓްރައިބިއުނަލްގެ މެންބަރު ކަމުގައި ހުންނެވި ހަސަން އިބްރާހިމް އެވެ. އާމިނަތު ޢަބްދުﷲ ޒުހައިރު އެ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް އައްޔަން ކުރެއްވީ މާޗް 25، 2019ގަ އެވެ.
މީގެ ކުރިން ޕޭ ކޮމިޝަނުގައި ލީގަލް ކޮންސަލްޓެންޓެއްގެ ވަޒީފާވެސް އަދާކުރައްވާފައިވާ އާމިނަތު އަބްދުﷲ ޒުހައިރަކީ އިނގިރޭސިވިލާތުގެ ކިންސްޓަން ޔުނިވާސިޓީއިން މާސްޓާސް އޮފް ލޯސް (އެލްއެލްއެމް އެމްޕްލޯއިމެންޓް ލޯ) ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!