"ޕަލްސް"ގެ ނަމުގައި ފްރީ ޑައިވް ކެލާގެ ފަރާތުން ބޭއްވި ފްރީޑައިވް ކޯސް ނުވަތަ އޮކްސިޖަންއާއި ނުލާ ފީނަން ދަސްކޮށްދޭ ކޯސް ނިންމާލައިފިއެވެ.

ނޭވާ ލުމަށް ބޭނުން ކުރާ އެއްވެސް އާލާތެއް ނެތި މޫދު އަޑިއަށް ފީނުން ނުވަތަ ފްރީޑައިވްގެ މި ކޯސް ބާއްވާފައިވަނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުންފެށިގެން ނެވެ.

Ad
rt

މި ކޯހަކީ، އަލަށް ފްރީ ޑައިވިންގްއަށް ވަންނަން ފަރާތްތަކަށްވެސް ބައިވެރިވެވޭނެހެން ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ގޮތުން، ފްރީޑައިވިންގް ލެވަލް 1 އަދި ލެވަލް 2 ވެސް މި ކޯހުގައި ވަނީ ކިޔަވާދީފައެވެ. އަދި ފްރީޑައިވިންގްގައި މުހިންމު ރިލެކްޒޭޝަން، ސްޓްރެޗިންގް، އަދި އީކުއަލައިޒް ކުރުމުގެ ބައިތަށްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގެ ފްރީ ޑައިވަރުންގެ ތެރޭގައި މަޝްހޫރު އުމައިރު ބަދީއު ވެސް ބައިވެރިވެގެން ހިންގި މި ކޯހަކީ ވަރަށްވެސް ފުރިހަމަ ގިނަ އެއްޗެހި ތަކެއް ދަސްވި ކޯހެއް ކަމުގައި ކޯހުގެ ބައިވެރިންވެސް ވަނި ބުނެފައެވެ. އުމައިރު ބަދީއު އަކީ ފްރީ ޑައިވް ކެލާގެ ރައީސްވެސް މެއެވެ.

މަޝްހޫރު ފްރީޑައިވް ކޯޗެއް ކަމަށްވާ ހެރީ ޗަމަސް އަދި ޑައިވިންގް އިންސްޓްރަކްޓަރ ޗާލީ ސްޓްރިންޖަރ އަދި ފްރީ ޑައިވް ކެލާގެ ރައީސް އުމައިރު ބަދީއު ވެސް ވަނީ މި ކޯހުގައި ގިނަ ފިލާވަޅުތަކެއް ނަގައިދީފައެވެ. މި ކޯސް ކުރިއަށް ގެންގޮސްފައިވަނި ހުޅުމާލޭ ބީޗް ހައުސްގައެވެ.

Thank you for everyone who made Pulse a nice experience. Everyone trained hard, made impressive progress and had a...

Posted by Freedive Kelaa on Sunday, January 17, 2021

ފްރީޑައިވް ކެލާއަކީ އުތުރުގައި އުފެދިފައިވާ ފްރީޑައިވް ގްރޫޕެކެވެ. އަދި މި ގްރޫޕުގެ ރައީސް އުމައިރް އަކީ ބޭރުގެ މުބާރާތްތަކުގައިވެސް ފްރީ ޑައިވް ކުރުމުގައި ބައިވެރިވެފައިވާ ފަރާތެކެވެ.