ހއ. އަތޮޅުގެ 13 ރަށަކަށް 56 ދިވެހި ނަރުހުން ހޯދަން ހއ. އަތޮޅު ހޮސްޕިޓަލުން ޢިއުލާން ކޮށްފިއެވެ.
މިގޮތުން ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދަން ހއ. އަތޮޅު ހޮސްޕިޓަލުން ޢިއުލާން ކޮށްފައި ވަނީ، އެއަތޮޅު އިހަވަންދޫ ފިޔަވައި އެ އަތޮޅުގެ އެހެން ރަށްތަކުގެ ޞިއްޙީމަރުކަޒުތަކަށާއި އަދި ހއ. އަތޮޅުހޮސްޕިޓަލަށެވެ.
އެތަން ތަނުން ވަނީ ރެޖިސްޓަރޑް ނަރސް، ސީނިއަރ ރެޖިސްޓަރޑް ނަރސް އަދި ކްލިނިކަލް ނަރސް މަގާމުތަކަށް ފުރުޞަތު ހުޅުވާލައި ފައެވެ.
އެ ޢިއުލާންގައި ބުނާގޮތުން ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހިންނަށް 13 ވަޒީފާގެ ފުރުޞަތު ހުޅުވާލާފައެވެ.
ދިވެހި ނަރުހުންނަށް ފުރުޞަތު ހުޅުވާލި އިތުރު ރަށްތައް
- ތުރާކުނު ޞިއްޙީމަރުކަޒު، 2 ވަޒީފާ
- އުލިގަމް ޞިއްޙީމަރުކަޒު، 3 ވަޒީފާ
- މޮޅަދޫ ޞިއްހީމަރުކަޒު، 2 ވަޒީފާ
- ހޯރަފުށީ ޞިއްހީމަރުކަޒު، 8 ވަޒީފާ
- ކެލާ ޞިއްހީމަރުކަޒު، 7 ވަޒީފާ
- ވަށަފަރު ޞިއްހީމަރުކަޒު، 3 ވަޒީފާ
- ފިއްލަދޫ ޞިއްހީމަރުކަޒު، 3 ވަޒީފާ
- މާރަންދޫ ޞިއްޙީމަރުކަޒު، 3 ވަޒީފާ
- ތަކަންދޫ ޞިއްހީމަރުކަޒު، 2 ވަޒީފާ
- އުތީމް ޞިއްހީމަރުކަޒު، 2 ވަޒީފާ
- މުރައިދޫ ޞިއްޙީމަރުކަޒު، 2 ވަޒީފާ
- ބާރަށް ޞިއްޙީމަރުކަޒު، 6 ވަޒީފާ
މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 26 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ހއ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ އެދޭ ޞިއްޙީމަރުކަޒަށް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލާފައިވާއިރު، ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ha.atollhospital@health.gov.mv މެދުވެރިކޮށްވެސް ބަލައިގަނެވޭ ކަަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ހއ. އަތޮޅުގެ 13 ރަށަކަށް 56 ދިވެހި ނަރުހުން ހޯދަން ޢިއުލާންކޮށްފައި ވާއިރު، ރާއްޖޭގެ އެހެން ބައެއް އަތޮޅުތަކުގެ ބައެއް ސިއްޙީ އިދާރާތަކުން ވެސް އަންނަނީ މިފަދަ ފުރުޞަތުތައް ދިވެހިންނަށް ހުޅުވާލަމުންނެވެ. އަދި ގިނަ ޢަދަދެއްގެ ސްކޫލްތަކުން ވެސް ވަނީ ދިވެހި މުދައްރިސުން ހޯދަން މިފަދަ ފުރުޞަތުތައް ފަހުން ހުޅުވާލައި ފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!