މާލޭ ސިޓީގެ މާލޭގައި ހުންނަ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ 4 ދަރިވަރަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްއީއޯސީން ބުނީ ބިލަބޮންގްގެ ހަތަރު ދަރިވަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ކުދިން ސްކޫލަށް ގޮސްފައި ނުވާ ކަމަށެވެ. އަދި ކޭސްތަކާއި ގުޅިގެން ކުރިއަށްދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެއްވެސް އެ ސްކޫލްގެ އެއްވެސް މުވައްޒަފަކާއި، ދަރިވަރަކު އެކަހެރިކޮށްފައި ނުވާނެ ކަމަށެވެ.
އެ ސްކޫލުން ޕޮޒިޓިވްވި ހަތަރު ދަރިވަރުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ކުދިން ކަމަށް ބައެއް މަސްދަރުތަކުން ބުނެފައި ވެއެވެ.
ބިލަބޮންގް ހަތަރު ދަރިވަރެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އަމީނިއްޔާ ސްކޫލުގެ ޓީޗަރަކުވެސް ވަނީ މިމަހުގެ 13 ވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެ ޓީޗަރާއި ޑައިރެކްޓް ކޮންޓެކްޓްވި ޓީޗަރުންތަކެއް ކަރަންޓީނު ކޮށްފައެވެ. އަމީނިއްޔާ ސްކޫލުން ޕޮޒިޓިވްވި ޓީޗަރާއި ކޮންޓެކްޓުވި އެހެން ޓީޗަރުން އޭނާއާ ދިމާވެފައިވަނީ ސްކޫލުން ބޭރުން ކަމަށްވާތީ އެ ސްކޫލުގެ އެއްވެސް އިތުރު ދަރިވަރަކުވެސް ކޮންޓެކްޓެއްގެ ގޮތުގައި ނުބެލެވޭނެކަމަށް އެޗްއީއޯސީން ބުނެފައި ފައިވެއެވެ.
ރާއްޖޭގައި ކޯވިޑް ކޭސްތައް އަނެއްކާވެސް އަންނަނީ އިތުރު ވަމުންނެވެ. މިގޮތުން ދެކުނުގެ އަތޮޅުތަކުގެ ބައެއް ރަށްރަށުން ދަނީ އިތުރު ކޭސްތައް ފެންނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!