ކޯވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައިވާ ރަށްރަށުގައި ހާލުގައި ދިރިއުޅޭ ފަރާތްތަކަށް ޖެންޑާ މިނިސްޓްރީން އިން ކެއާ ޕެކޭޖް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގއ.އަދި ލ.އަތޮޅުގެ ބައެއް ރަށްތައް މޮނިޓަރިންގ ގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށްރަށުގެ ނާޒުކު ޙާލަތް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުޅައި ކެއަރ ޕެކޭޖަސް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

Ad
rt

ގއ. ދެއްވަދޫ، ދާންދޫ އަދި ވިލިނގިލި މޮނިޓަރިންގެ ހާލަތުގައި އޮތް އިރު، ގއ. ދެއްވަދުއަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަން ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެޗްއީއޯސީއިން ވެސް ވަނީ ފަށާފައެެވެ.

ގއ. ދެއްވަދޫއިން ކޮވިޑު-19 އަށް ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓްސްގެ ގޮތުގައި ހައި ރިސްކު ކެޓަގަރީގެ ގިނަ ބަޔަކު ތިބި ކަމަށް އެޗްޕީއޭއިން މައުލޫމާުތުދެ އެވެ.