މާލޭ ސިޓީގެ، މާލޭގެ އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނަކަށް ކިޔަވައިދޭ ބިދޭސީ ޓީޗަރެކެވެ.

Ad
rt

އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާއާއި ޑައިރެކްޓް ކޮންޓެކްޓުވީ ހުރިހާ ޓީޗަރުން މިިހާރު ވަނީ 14 ދުވަހަށް ކަރަންޓީންކޮށްފައި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

ކޯވިޑްގެ ސަބަބުން ބަންދުކުރި، މާލޭ ސަރަހައްދުގެ ސްކޫލުތައް ހުޅުވާފައިވަނީ ދިހަ މަހަށްފަހު މިދިޔަ އާދިއްތަ ދުވަހުއެވެ.

އަލުން ސްކޫލްތައް ހުޅުވާލިއިރު، ސްކޫލުތަކަށް ކިޔަވަން ދާ ދަރިވަރުންގެ ރައްކާތެރިކަމާއި ސަލާމަތަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން ސްކޫލް މާހައުލު ރައްކާތެރިކަން ޔަޤީންކޮށް ދަރިވަރުން ސްކޫލަށް ފޮނުވައި ދިނުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވަނީ ބެލެނިވެރިން ކިބައިން އެދިވަޑައިގެންފައެވެ.