ކޯވިޑް-19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ދުނިޔޭގައި އުފައްދަމުންދާ ވެކްސިންއާއި ބެހޭގޮތުން އިންޓަރނެޓުގައި ޝާއިޢު ކުރަމުންދާ ދޮގު މަޢުލޫމާތު ތަކާއި ދެކޮޅަށް ގޫގުލްއިން 3 މިލިޔަން ޑޮލަރުގެ ފަންޑަކާއި އެކު ތެދުވެއްޖެއެވެ.
"ކޯވިޑް-19 ވެކްސިން ކައުންޓަރ މިސްއިންފޮމޭޝަން އޯޕެން ފަންޑް" ގެ ނަމުން ނަން ދީފައިވާ މި ފަންޑަކީ ނޫސްވެރިކަމުގެ ހުނަރުގެ އިތުރުން، މި ބަލިމަޑުކަމާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިންއާއި ބެހޭ މަޢުލޫމާތަކީ ތެދު މަޢުލޫމާތު ތޯ ބެލުމަށް އަދި އަޅާކިޔޭ މިންގަނޑަކުން ފާސް ކުރުމަށްފަހު އިންޓަރނެޓަށް ދޫކޮށްލެވޭ މަޢުލޫމާތު ކަން ކަށަވަރުކުރުމަށް ގޫގުލްގެ ފަރާތުން ހުޅުވާފައިވާ ފަންޑެކެވެ.
"ކޯވިޑް-19 ގެ ބަލިމަޑުކަމުން މުޅި ދުނިޔެއަށް ފޯރާފައިވާއިރު، އަދި މި ބަލިމަޑުކަމުގެ ޚަބަރު ފުޅާ ދާއިރާއެއްގައި ކޮންމެ ދުވަހަކުވެސް ފެތުރޭއިރު، މި ބަލިމަޑުކަމާއި ބެހޭ މަޢުލޫމާތު ގަސްތުގައި އޮޅުވާލައި، ބައެއް އާބާދީ ތަކާއި ހަމައަށް އަންނަނީ ފޯރުކޮށްދެމުންނެވެ" ގޫގުލް އިން މިކަމާއި ބެހޭގޮތުން ޝާއިޢުކޮށްފައިވާ ލިޔުމުގައިވެއެވެ.
މި ފަންޑުން، މަޢުލޫމާތު ހުރީ ރަނގަޅު މިންގަނޑެއްގައި ތޯ ބެލުމަށް ކަމާބެހޭ ފަރާތްތަކާއި ހިއްސާކުރުމާއި، "ފެކްޓް ޗެކް" ކުރުމުގެ އިތުރުން ކުރިން އަލި އަޅުވާލެވުނުފަދައިން، ވަކިވަކި އާބާދީތަކަށް ނުރަނގަޅު މަޢުލޫމާތު ފޯރުކޮށްދޭ ކަމުގައި ވާ ނަމަ، އެ ސަރަހައްދަކަށް ޚާއްސަ ނަޒަރުން ބަލަމުން ދާނެ ކަމަށް ގޫގުލްއިން އަންނަނީ ބުނަމުންނެވެ.
އިންޓަރނެޓަށް އަޅަމުން އަންނަ މަޢުލޫމާތުގެ ޚަޒާނާ އަބަދުވެސް ބަލަމުން އަންނާނީ 14 މީހުންގެ ޓީމަކުންނެވެ. މި ޓީމުގެ ތެރޭގެގައި ސިއްޙީ މާހިރުންނާއި، މީޑީޔާ އަދި ތަޢުލީމީ ރޮނގުން ފުންނާބު އުސް ބޭފުޅުން ދާނީ ހަރަކާތްތެރިވަމުން ކަމުގައި ގޫގުލް އިން ވަނީ އިޢުލާންކޮށްފައެވެ.
ކޯވިޑް-19 ގެ ޙާލަތުގައި ގިނަ ބަޔަކު ހަޤީޤަތާއި ދުރު ވާޙަކަ ދެއްކުމުގެ ސަބަބުން މީސް މީޑިޔާގައިވެސް އަންނަނީ ތަފާތު ގިނަ ކަންކަން މި ކަން މަދު ކުރުމަށް ކުރަމުންނެވެ. މި ގޮތުން، ކޯވިޑް-19 ޖެހުމަށްފަހު ލިޔާ ޕޯސްޓު/ޓްވީޓް ތަކުގައި އަބަދުވެސް ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު އެއްސެވުމަށް އަންނަނީ ހަނދުމަފުޅުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!