ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ރޭގަނޑު ކުނި ނަގަން ފަށާ ގޮތަށް ގެންނަ ބަދަލު މާދަމާއިން ފެށިގެން ތަންފީޒު ކުރަން ފަށާނެއެވެ.

ވެމްކޯއިން ވަނީ ޖެނުއަރީ 10 އިން ފެށިގެން މާލޭ ސިޓީގެ ގެތަކުން ކުނި ނެރެން ޖެހޭނީ ރޭގަނޑު 10:00 އާއި މެންދަމު 12:00 އާ ދެމެދު ކަމަށް ކުރިން ހާމަކޮށްފައެވެ.

Ad
rt

އެކަން ހާމަކުރުމަށް އެ ކުންފުނިން ބޭއްވި ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި، 24 ޑިސެމްބަރު 2020 ވަނަ ދުވަހު، ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ޓާގެޓަކީ ފަތިސް ނަމާދަށް މާލޭ ރައްޔިތުން ހޭލަންވާއިރަށް މާލޭގެ މަގުތަކުގެ ހުރި ކުނި ނަގާ، ކުނި ކަހާފަ ބޭއްވުން ކަމަށެވެ.

"ރީތި މަގެއްގަ ހިނގާލާފަ ނަމާދަށް ދެވޭ ވަރަށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަށް ޔަގީންކަން އެބަ އޮތް،"

އާދަމް މުހައްމަދު އެދުވަހު ވިދާޅުވި އެވެ.

މީގެއިތުރުން ވެމްކޯއިން ބުނީ، ކޯވިޑް-19 އާއި ގުޅިގެން ފުރަމާލެ ސަރަހައްދުގައި އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާއި، ކާފިއުގެ ވަގުތަށް ގެނެވުނު ބަދަލަށް ރިޢާޔަށްކުރުމަށްފަހު، މާލެ ސިޓީ ކައުންސިލްގެ އިސްނެގުމަކަށް އެ ކޯޕަރޭޝަންއިން މާލޭ ސިޓީގެ ގޭބިސީތަކަށް ފޯރުކޮށްދެމުންދާ ކުނި ނެގުމުގެ ޙިދުމަތްތަކަށް ބަދަލުގެނައުމަށް ނިންމީ ކަމަށެވެ.

މި ބަދަލާއި ގުޅިގެން ކަސްޓަމަރުން ސަމާލުކަމަށް ވެމްކޯއިން އެދިފައިވާ ކަންކަން:

- މި އައު އުސޫލަށް އަމަލުކުރަން ވާނީ ފުރަމާލެ ސަރަހައްދުގެ ތެރެއިން، މާލެ ސިޓީގެ ގެބީސީތައް އެކަންޏެވެ.
- ވެމްކޯއިން ހިދުމަތްތައް ފޯރުކޮށްދޭނީ ކުރިއެކޭވެސް އެއްފަދައިން އިމާރާތުގެ ބޭރުން، ދޮރުމަތިންނެވެ.
- އަދި މިކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނެގުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

ސަރުކާރުގެ ފަރާތުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދީފައިވީނަމަވެސް، މިހާލަތުގައި ވެސް ރައްކާތެރިގޮތުގައި ކުނި ބަންދުކުރުމަށާއި އެންގިފައިވާ ވަގުތުގައި ކުނި ބަންދުކޮށްފައި ނެރުމަށް ވެސް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.