ހއ. މޮޅަދޫގައި އިމާރާތްކުރާ ފެނަކަ މޮޅަދޫ އާ އޮފީހާއި، އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

ފެނަކަ މޮޅަދޫ އާ އޮފީހާއި، އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ އެވެ.

Ad
rt

މި ރަސްމިއްޔާތުގައި އެ ދެ އިމާރާތުގެ ބިންގާ އަޅައިދެއްވީ ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސައީދާއި، ރައްޔިތުންގެ މަޖިލީހުގައި މޮޅަދޫ ތަމްސީލް ކުރަށްވާ، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއެވެ.

‏ހއ. މޮޅަދޫގައި އަލަށް އިމާރާތްކުރެވޭ އިންޖީނުގެޔާއި އޮފީސް އިމާރާތުގެ ބިންގާ އެޅުމާއި ގުޅިގެން، މޮޅަދޫ ތަމްސީލް ކުރަށްވާ، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވީ، އާބާދީގެ ތަފާތު ކުރުމެއްނެތި މޮޅަދޫ ރައްޔިތުންގެ އިޙުސާސްތަކަށް މިސަރުކާރުން ކުރާ އިޙުތިރާމަށް މޮޅަދޫގެ ރައްޔިތުންގެ ފަރާތުން ޝުކުރު ދަންނަވާ ކަމަށެވެ.

ފެނަކައިން އަތޮޅުތެރޭގައި ދެމުންދާ ޚިދުމަތް ފުރިހަމަކޮށް، ރަށްތަކުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައު އިންޖީނުގެތައް އިމާރާތް ކުރުމާއި، އައު އޮފީސްތައް އިމާރާތް ކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އޭޝިއާ ސަރަޙައްދުގެ އެންމެ މަތީ އަދި އެންމެ މަޤްބޫލު ޔުޓިލިޓީ އެވޯޑް ކަމަށްވާ "އޭޝިއަން ޕަވަރ އެވޯޑްސް"ގެ ހަތަރު އެވޯޑެއް ފެނަކަ ކޯޕަރޭޝަނަށް މިއަހަރު ވަނީ ލިބިފައެވެ. އެ އެވޯޑު ތަކަކީ ޕަވަރޕްލާންޓް އަޕްގްރޭޑް އޮފް ދި އިޔަރ (ރާއްޖެއިން)، ޕަވަރ ޔުޓިލިޓީ އޮފް ދި އިޔަރ (ރާއްޖެއިން)، ސޯލަރ ޕަވަރ ޕްރޮޖެކްޓް އޮފް ދި އިޔަރ (ރާއްޖެއިން) އަދި ސީ.އީ.އޯ އޮފް ދި އިޔަރ (ހުރިހާ ޤައުމަކުން) އެވެ. މީގެ އިތުރުން މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި 2019 ވަނަ އަހަރުގެ އެކްސެލެންސް އިން ޔުޓިލިޓީ އެވޯޑް ވެސް ފެނަކަ ވަނީ ކާމިޔާބުކޮށްފައެވެ.