ޗައިނާއިން ކޯވިޑް-19 އާއި ދެކޮޅަށް އުފައްދާފައިވާ ސިނޯފާމްގެ ވެކްސިންގެ 1.2 މިލިޔަން ޑޯސޭޖް ގަތުމަށް ޕާކިސްތާނުން ތައްޔާރުވެއްޖެއެވެ.
ބުރާސްފަތި ދުވަހު އެ ޤައުމުގެ މިނިސްޓަރެއް މިކަން އިޢުލާންކޮށްފައިވާކަމަށް އެ ޤައުމުގެ ޚަބަރުފަތުރާ ވަޞީލަތްތަކުގެ އިތުރުން އަވައްޓެރި އިންޑިޔާއިންވެސް ވަނީ މިކަން އިޢުލާންކޮށްފައެވެ.
ޕާކިސްތާނަށްވެސް ކޯވިޑް-19ގެ ދެވަނަ ރާޅެއްގެ އަރާފައިވާއިރު، މި ވެކްސިންއަށް އެ ޤައުމުން 150 މިލިޔަން ޑޮލަރު ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަދި ހަމައެހެންމެ، ޕާކިސްތާނު ވެގެން ގޮސްފައި މިވަނީ ދެކުނު އޭޝިޔާ ސަރަހައްދުން ކޯވިޑް-19ގެ ވެކްސިންއެއް ގަންނަ ފުރަތަމަ ޤައުމަށެވެ.
"ކެބިނެޓް ކޮމިޓީއިން މިވަނީ ޗައިނާގެ ސިނޯފާމް ވެކްސިންގެ 1.2 މިލިޔަން ގަތުމަށް ނިންމާފައި. އަދި މި ވެކްސިން ސިއްޙީ ދާއިރާގައި އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ހިލޭ ދިނުމަށް ވަނީ ހަމަޖެހިފަ. އަދި މި ވެކްސިން މި އަންނަ އަހަރުގެ ފުރަތަމަ ކުއާރޓަރގައި ދެވޭނެކަމަށް ބެލެވޭ"
ޕާކިސްތާނުގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ޗައުދަރީ ފަވާދް ހުސައިންވަނީ ޓްވިޓަރގައި ވިދާޅުވެފައެވެ.
ޕާކިސްތާނުންވަނީ މި މަހުގެ ކުރީކޮޅުގައި ވެކްސިންއަށް 150 މިލިޔަން ޑޮލަރު ބަޖެޓުކޮށްފައެވެ. އަދި އެ ޤައުމުގެ ސަރުކާރުންވަނީ މި ވެކްސިން އެ ޤައުމުގައި ބަލިޖެހިދާނެކަމަށް ބެލެވޭ 5% މީހުންނަށް ދިނުމަށް ނިންމާފައެވެ.
މިއަދާހަމައަށް ބަޖެޓު ފާސްކޮށްފައިވީ ނަމަވެސް، އެ ޤައުމުން މިހާތަނަށް ގަންނާނީ ކޮން ވެކްސިންއެއް ކަމެއް ވަނީ ހާމަނުކޮށްފައެވެ. އަދި މިކަން އިޢުލާންކުރުމަށް ލަސްވެފައިވަނީ، އެ ޤައުމުގެ ސިއްޙީ މާހިރުން ބަލަންޖެހޭ ބެލުންތައް ދިރާސާކުރުމަށެވެ. އެ ޤައުމުން އިތުރަށް ހާމަ ކުރި ގޮތުގައި، އަމިއްލަ ކުންފުނިތަކުން އެހެނިހެން ވެކްސިން އެތެރެކުރުމަށް ބޭނުންވާ ނަމަ، އެކަމަށް ފުރުޞަތު ދޭނެކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
200 މިލިޔަން މީހުންގެ ޢާބާދީއެއް އޮންނަ ޕާކިސްތާން މިވަގުތު ކޯވިޑް-19ގެ ދެވަނަ ރާޅެއްގެ ދަށުވެފައިވާއިރު، ބުދަ ދުވަހުގެ ނިޔަލަށް އެ ޤައުމުން މި ބަލީގައި10،000 މީހުންވަނީ މަރުވެފައެވެ.
އަދި އަލަށް ބަލިޖެހިގެން ވަނީ 2000 އަށްވުރެ ގިނަ މީހުން ރިޕޯޓުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!