ސިނަމާލެ ބްރިޖުގައި ދެ އެކްސިޑެންޓެއް ހިންގައިފި އެވެ.

ފުލުހުން ވިދާޅުވީ، މިގޮތުން ހިނގި ފުރަތަމަ އެކްސިޑެންޓް ހިނގީ ހައިވޭގެ އެމްއެންޑީއެފް ޕޯސްޓް ހިސާބުގައި ކަމަށެވެ.

Ad
rt

މި އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ އެމްބިއުލާންސެއް ޕިކަޕެއްގެ ފަހަތުގައި ޖެހިގެންނެވެ. މިރޭ 8:30 ހާއިރު ހިނގި މި އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް ދެ ވެހިކަލަށްވެސް ބޮޑެތި ގެއްލުންވެފައިވެއެވެ.

ސިނަމާލެ ބުރިޖުގައި މިރޭ ހިނގި ދެވަނަ އެކްސިޑެންޓް ހިނގާފައި ވަނީ ވެސް ހަމަ އެހާކަށްހާއިރުއެވެ. އެއްކޮޅަށް ދުއްވާފައިދިޔަ ތިން ކާރަކާއި ޕިކަޕެއް ޖެހި ހިނގި މި އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ނުވެއެވެ. އަދި މި އެކްސިޑެންޓާއި ގުޅިގެން ހަތަރު ވެހިކަލަށްވެސް ވަނީ ގެއްލުންވެފައެވެ. މި އެކްސިޑެންޓް ހިނގީ ފުރަތަމަ އެކްސިޑެންޓް ހިނގި ސަރަހައްދުގެ 200 ފޫޓް ދުރުގައެވެ.

މި މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށާއި، އެކްސިޑެންޓްވި ހަ ވެހިކަލް ދުއްވާފައިވަނީ ލައިސަންސް އޮތް މީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ.