މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މަސައްކަތް ކުރަމުން އަންނަ ރ.ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 11 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުއާއި ގުޅޭގޮތުން އެމްޓީސީސީ އިން މިއަދު ކޮށްފައިވާ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމެންޓް 28 ޑިސެމްބަރ 2020 ގައި ޕްރިޖެކްޓް ސައިޓަށް އަންލޯޑް ކުރެވިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ކޮށް ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 7،500 ކިއުބިކް މީޓަރުގެ އައު ބަނދަރު ފުންކުރުމާއި، 1000 ކިއުބިކް މީޓަރުގެ މިހާރު ހަދާފައިވާ ބަނދަރު ފުންކުރުމާއި، 500 ކިއުބިކް މީޓަރުގެ ނެރުމގުން ވަންނަ ސަރަހައްދު ފުންކުރުމާއި، 377 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ.
ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 11 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން، ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް 28 ޑިސެމްބަރ 2020 ގައި ވަނީ ޕްރޮޖެކްޓް ސައިޓަށް އަންލޯޑު ކޮށްފައި. pic.twitter.com/ocnHRihKIc
— MTCC Plc (@MTCCPlc) December 28, 2020
މި މަޝްރޫޢުއަކީ18.7 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!