ގދ. ތިންދޫ ސަރަހައްދީ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އެވެ.

Ad
rt

އެމްޕީއެލްގެ ފަރާތުން އެމްޓީސީސީއަށް އެ މަޝްރޫއު ހަވާލު ކުރި އިރު، ތިނަދޫ ސަރަހައްދީ ބަނދަރު ގާއިމުކުރުމަށް އެ ރަށުން 10،8000 އަކަފޫޓުގެ ބިމެއް އެރަށު ކައުންސިލުން ވަނީ އެމްޕީއެލަށް ދީފައެވެ.

45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި، އެ މަޝްރޫއުގެ ދަށުން އެރަށުގެ 4،500 ކިއުބިކް މީޓަރުގެ ފަޅު ފުން ކުރާނެއެވެ. އަދި އެ ސަރަހައްދުގެ ބިން އެއްވަރުކޮށް، ސެކިޔުރިޓީ ފެންސް ޖަހައި ސްޓޯމް ވޯޓާ ޑްރެނޭޖު ސިސްޓަމް ގާއިމްކޮށް، 3،000 އަކަމީޓަރުގެ ޕޭވްމެންޓް ޖަހާނެއެވެ.

މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 15 މިލިއަން ރުފިޔާއަށެވެ.