75 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކޮށް، އޮރިޔާން ކާޑު އުފެއްދި މައްސަލައިގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ގަދަކަމުން ޖިންސީ ގޯނާ ކުރި ކަން އެ އިދާރާ އަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި މިމައްލައިގައި ހައްޔަރުކުރި ޒުވާނާ ހައްޔަރުކޮށްފައިވަނީ ލ. ގަމުން އިއްޔެގެ ވަގުތެއްގައިކަމަށެވެ.
މި މައްސަލައިގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.
މައްސަލައިގެ ހައްޔަރު ކުރި މީހާގެ މުއްދަތު ކަނޑައަޅަން ހާޒިރުކުރުމުން ކޯޓުން ވަނީ ހޯމް މިނިސްޓްރީން ހަމަޖައްސާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަސް ޖަހާފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެއެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!