ހދ. ކުރިނބީގައި މަސްތުވާ ތަކެތި ބޭނުން ކުރަން ހުރިކަމަށް ބުނާ އެހެން ރަށެއްގެ މީހެއްގެ މައްސަލަ ހޫނުވެއްޖެއެވެ.

ކުރިނބީން "ތިލަދުން" އަށް ވާހަކަ ދެއްކި މީހަކު ބުނީ އެމީހާ މަސްތުވާތަކެތި ބޭނުން ކުރަނިކޮށް އެރަށު ރައްޔިތުން އަތުލައިގަތީ އެރަަށަށް ނިސްބަތްވާ ޒުވާނަކާއި އެކު އޭނާގެ ކޮޓަރި ތެރެއިން ކަމަށެވެ.

Ad
rt

އެމީހާއަކީ ހދ. ގެ އެހެން ރަށަކަށް ނިސްބަތްވާ މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާ އެރަށަށް ގޮސް ހުރީ ކުރިނބީ ސުކޫލުގައި އިމާރާތް ކުރަމުންދާ 5 ކްލާސް ރޫމްގެ މަސައްކަތުގެ ސުޕަވައިޒަރެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.

"އެމީހުން މަސްތުވާތަކެތި ބޭނުން ކުރަން ތިއްބާ ރައްޔިތުން ނުކުމެ އޭނާ ރަށުން ބޭރު ކުރުމުގެ މަސައްކަތް ކުރީ"

މަޢުލޫމާތު ދިން މީހާ ބުނީ ރަށުން ބާލަން އުޅުނީ އެ އަތޮޅު އެހެން ރަށެއްގެ މީހެއް ކަމުން މަޢުލޫމާތު ދިން މީހާގެ ރައްކަލަށްޓަކައި، ނަން ހާމަކުރަން ބޭނުން ނުވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން އެރަށު ކައުންސިލް ރައީސް މުހައްމަދު އަފްރާހް "ތިލަދުން" އަށް ވިދާޅުވީ އެމީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަމަށެވެ.

"އަޅުގަނޑު މިހުރީ އެތަނުގައި، އެމީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު، އިތުރު މަޢުލޫމާތު މިވަގުތު ދޭން ދަތި"

އަފްރާޙް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ޤައުމީ ސަލައެކެވެ.